ads
ކ. ހުރާ، މުހައްމަދު ލަޔާން ޝަރީފް (ލުއްލު) 19 އަހަރު
އެކްސިޑެންޓްގައި ނިޔާވި ލަޔާންގެ ކޯސް ފީ މައާފުކޮށްދީފި
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވީ މުހައްމަދު ލަޔާން ޝަރީފް (ލުއްލު) ކިޔަވަމުންދިޔަ ކޯހުގެ ފީ މައާފުކޮށްދޭން ގައުމީ ޔުނިވަސިޓީން ނިންމައިފިއެވެ.

ހުޅުމާލޭ އިމްގްރޭޝަން ޑިޓެންޝަން ސެންޓަރު ކައިރީ ޕާކުކޮށްފައި އޮތް ވޭނެެއްގައި ލަޔާން ދުއްވަމުންދިޔަ ސައިކަލް ޖެހި އެކްސިޑެންޓް ހިނގީ މިދިޔަމަހުގެ 3 ވަނަދުވަހުގެ ރެއެވެ. އުމުރުން 19 އަހަރުގެ ލަޔާން ނިޔާވީ އެކްސިޑެންޓްގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް އޭގެ 4 ދުވަސްފަހުންނެވެ. 

ލަޔާން ނިޔާވިއިރު އޭނާ ގެންދިޔައީ ގައުމީ ޔުނިވާސިޓީން މެނޭޖްމަންޓް ކޯހެއް ހަދަމުންނެވެ. ލަޔާން ނިޔާވުމުން އާއިލާއަށް ތައުޒިޔާ ކިޔާ އެ ޔުނިވާސިިޓީން ފޮނުވި މެސެޖްގައި ވަނީ ކޯހުގެ ފީ މައާފުކޮށްދޭން ނިންމިކަން އާއިލާއަށް އަންގާފައެވެ.

ލަޔާން އެކްސިޑެންޓު ވެގެން ބިންމައްޗަށް ވެއްޓިފައި އޮއްވައި ފެނުނީ އެ ސަރަހައްދު ޕެޓްރޯލްކުރުމުގައި އުޅުނު ފުލުހުންނަށެވެ. މި އެކްސިޑެންޓުގައި އޭނާ ދުއްވި ސައިކަލު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ ވޭނަށް ވެސް ބޮޑަށް އޮތީ ގެއްލުންތަކެއް އޮތީ ލިބިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް