ads
ބޭންކް އޮފް މޯލްޑިވްސް
ބީއެމްއެލް އިން ހިއްސާއަކަށް 50 ރުފިޔާ ބަހަން ހުށަހަޅަނީ
ބީއެމްއެލްގެ ސާފު ފައިދާއަށް ދެ ބިލިއަން ރުފިޔާ ލިބި، ހިއްސާގެ ފައިދާ އަށް މިހާތަނަށް ދޭ އެންމެ ބޮޑު އަދަދު އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.

ބީއެމްއެލްއަށް މިދިޔަ އަހަރު ވަނީ މިހާތަނަށް ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރެވެ. މި ގޮތުން ޓެކުހަށް ކެނޑުމަށްފަހު ލިބުނު ފައިދާގެ (ސާފު ފައިދާ) ގޮތުގައި 2.07 ބިލިއަށް ހޯދައިފި އެވެ.

މި ނަތީޖާއާއެކު ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ މަތީ އަދަދު، ހިއްސާއަކަށް 50 ރުފިޔާގެ މަގުން ބެހުމަށް ދެން ބާއްވާ އަހަރީ އާންމު ޖަލްސާއެއްގައި ހުށަހަޅައި ފާސްކުރުމަށެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ މަތީ އަދަދު، ހިއްސާއަކަށް ރުފިޔާގެ މަގުން ބެހުމަށް ދެން ބާއްވާ އަހަރީ އާންމު ޖަލްސާއެއްގައި ހުށަހަޅައި ފާސްކުރުމަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

"ބޭންކަށް ރެކޯޑު ނަތީޖާއެއް ހޯދުނުކަމީ އަޅުގަނޑު އުފަލާއެކު ފާހަގަކުރާ ކަމެއް. މިއީ ބޭންކަށް ސާފު ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާއަށް ވުރެ މަތީ އަދަދެއްް ލިބުނު ފުރަތަމަ ފަހަރު. ބޭންކުގެ މި ނަތީޖާއާ ގުޅިގެން ބޯޑުން ވަނީ ފައިދާގެ ގޮތުގައި ޖުމުލަ 269 ރުފިޔާ ބެހުމަށް ހުށަހަޅާފައި. މިއީ ބޭންކުގެ ތާރީހުގައި ވެސް ހިއްސާދާރުންނަށް ދިނުމަށް ހުށަހެޅުނު އެންމެ މަތީ އަދަދު،" ބޭންކްގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވި އެވެ.

your imageބޭންކްގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު ކާލް ސްޓުމްކަ---

މިދިޔަ އަހަރު އެ ކުންފުނިން ވަނީ ފަސް ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފަ އެވެ. އެއާ އެކު މިހާތަނަށް ދޫކޮށްފައިވާ ލޯނުގެ އަަދަދު 19 ބިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ. އަދި ޑިޕޮސިޓްކޮށްފައިވާ އަދަދު 31 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޭންކް، ބީއެމްއެލްގެ ރައުސުލްމާލުގެ އަގު 45 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެ ބޭންކުން 340،000 ކަސްޓަމަރުން ހިދުމަތް ހޯދާ އިރު 85 މިލިއަންގެ އިންޓަނެޓް ޓްރާންސެކްޝަން ހިންގާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް