ads
އާސެނަލް ކުޅުންތެރިން
އާސެނަލް އަލުން އެއްވަނައަށް
ލޫޓަން ޓައުން ބަލިކޮށް ޕްރިމިއާ ލީގުގެ ޓޭބަލްގެ އެއްވަނައަށް އާސެނަލް އަރައިފިއެވެ.

އާސެނަލް އެއްވަނައަށް އެރީ އެކަމަކު، ކުރިން އެއްވަނައިގައި އޮތް ލިވަޕޫލަށްވުރެ އިތުރަށް މެޗެއް ކުޅެގެންނެވެ. މުހިއްމު ފޯވާޑު، ބުކާޔޯ ސާކާ ނެތުމުން އަރައިގަނެ އާސެނަލް ވަނީ އެމިރޭޓްސް ސްޓޭޑިއަމްގައި އުނދަގޫތަކެއް ކުރިމަތިވަމުން އަންނަ ލޫޓަން އަތުން ދެ ލަނޑު ސުން ލަނޑުން މޮޅުވެފައެވެ.

ލޫޓަން ޓައުން ބަލިކޮށް އާސެނަލް އެއްވަނައަށް އެރީ، 30 މެޗުން 68 ޕޮއިންޓް ހަމަކޮށްގެނެވެ. ލިވަޕޫލް ދެވަނައިގަ އޮތީ، 29 މެޗުން 67 ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގަ ސިޓީ އޮތީވެސް 67 ޕޮއިންޓާއެކުއެވެ. ސިޓީވެސްވަނީ 30 މެޗު ކުޅެފައެވެ. އެހެންކަމުން ލިވަޕޫލްގެ މެޗާއެކު އަނެއްކާވެސް ޓޭބަލްގެ ތަރުތީބު ބަދަލުވުމުގެ ފުރުސަތު އޮންނާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް