ads
ލިވަޕޫލް ކުޅުންތެރިން
ލިވަޕޫލް އަލުން އެއްވަނައަށް އަރައިފި
ޕްރިމިއާ ލީގުގެ ޕޮއިންޓް ޓޭބަލްގެ އެއްވަނައަށް ލިވަޕޫލް އަނެއްކާވެސް އަރައިފިއެވެ.

ލިވަޕޫލް އެއްވަނައަށް އެރީ، ރޭ ޝެފީލްޑް ޔުނައިޓެޑް އަތުން 3-1 އިން މޮޅުވެގެންނެވެ. 

ޅލިވަޕޫލް ލީގުގެ އެއް ވަނައިގައި އޮތީ 30 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލް އޮތީ ދެވަނައިގަ އެވެ. އަދި ތިންވަނައިގަ އޮތީ ސިޓީއެވެ. އާސެނަލަށް 30 މެޗުން 68 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އަށް ވަނީ 30 މެޗުން 67 ޕޮއިންޓް ލިބިފަ އެވެ.

އެންފީލްޑްގައި ރޭ ލިވަޕޫލަށް ލީޑުނަގައިދިނީ މެޗުގެ ޝެފީލްޑްގެ ކީޕަރު އީވޯ ގާބިޗް ހެދި ގޯހަކުން 17 ވަނަ މިނިޓްގައި ޑާވިން ނޫނޭޒް އެވެ. ޝެފީލްޑުން އެއްވަރުކުރީ 58 ވަނަ މިނިޓްގަ އެވެ. އެކަމަކު ފަހުން ލިވަޕޫލް ދެ ލަނޑު ޖަހައި މެޗު ނެގީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް