ads
ޔުނައިޓެޑުގެ ކޯޗު ޓެން ހޭގް
ޗެލްސީން ޔުނައިޓެޑަށް ފިލާވަޅެއް ނަގައިދީފި
ފަހު ވަގުތު ދެ ގޯލު ޖަހައި، ޗެލްސީން ހިތްދަތިގޮތަކަށް މެންޗެސްޓަރ ޔުނައިޓެޑު ބަލިކޮށްފިއެވެ

ރޭ ސްޓެމްފަޑް ބްރިޖުގައި ޗެލްސީން ޔުނައިޓެޑު ބަލިކުރީ ހަތަރު ލަނޑު ތިން ލަނޑުންނެވެ. ޗެލްސީން ވަނީ ޔުނައިޓެޑް ކޮޅަށް މެޗުގެ ކުރީކޮޅު ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމަށް ލީޑުނަގައިދިނީ ކޯނާ ގެލަގާ އެވެ. ދެވަނަ ލަނޑަކީ ކޯލް ޕާމާ ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ.

އެކަމަކު ޔުނައިޓެޑުން ހާފު ނިމުމުގެ ކުރިން ދެ ލަނޑު ޖަހައި މެޗު އެއްވަރު ކުރިއެވެ. ޔުނައިޓެޑްގެ ފުރަތަމަ ލަނޑު ޖެހީ، އަލެހަންދްރޯ ގާނާޗޯ އެވެ. އެއްވަރުކޮށްދިން ލަނޑު ޖެހީ ބްރޫނޯ ފެނާންޑޭސް އެވެ. އަދި ދެވަނަ ހާފުގެ ތެރޭގައި ތިންވަނަ ލަނޑެއް ގާނާޗޯ ޖަހައި މެޗު ޔުނައިޓެޑު ކޮޅަށް އަނބުރާލިއެވެ.

މި ނަތީޖާއިން މެޗު ނިމިދާނެ ކަމަށް ބެލެވިފައިވަނިކޮށް، އިތުރު ވަގުތުގެ ފަހު ދެ މިނިޓުގައި ޗެލްސީން ދެ ލަނޑު ޖަހައި މެޗު އަނބުރާލީއެވެ. ޗެލްސީ މޮޅުވީ، އިތުރު ވަގުތުގެ 10 ވަނަ މިނިޓާއި 11 ވަނަ މިނިޓްގައި ލަނޑު ޖަހައިގެންނެވެ. ދެ ލަނޑުވެސް ޖެހީ ޕާމާއެވެ.

މި މޮޅާ އެކު ޗެލްސީ ވަނީ ލީގުގެ 10 ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 29 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް އޮތީ 30 މެޗުން 48 ޕޮއިންޓް ހޯދައިގެން ލީގުގެ ހަ ވަނައިގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް