ads
ފުލުހުންގެ މައިމަރުކަޒު--
އެއީ އެހެން ރަށެއްގެ ކުއްޖެއް، އަނިޔާކުރީވެސް ކުޑަކުދިން
އއ. ރަސްދޫ މިސްކިތެއްގެ ފާހާނަ ތެރޭގައި ރޭ ކުޑަކުއްޖަކަށް އަނިޔާކުރީވެސް ކުޑަކުދިންކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ރޭ އާއްމު ވީޑިއޯއާ ގުޅިގެން މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އެ ކުއްޖާއަށް އަނިޔާކުރާތަން ފެންނަ ކުދިން ދެނެގަނެވިފައިވާކަމަށެވެ. އަދި އެއީ އުމުރުން 13 އަހަރާއި 14 އަހަރުގެ ދެ ކުދިންކަމަށްވެސް ފުލުހުން ބުނެއެވެ.

ފުުލުހުން ބުނީ އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.

ކުޑަކުއްޖާއަށް އަނިޔާކުރާ ވީޑިއޯ އިން ފެންނަ މަންޒަރުތަކަކީ ބަލަން އުނދަގޫ އަދި ކުޑަކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ކަހަލަ މަންޒަރުތަކަކަށް ވާތީ އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މި މައްސަލާގއި ހިމެނޭ ކުދިން ފުލުހުން ހޯދިކަން ހާމަކުރަމުން  ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވީ މި މައްސަލާގައި ގާނޫނު ގޮތުން ދެން ކުރަންޖެހޭ ކަންކަން ފުލުހުން ދަނީ ކުރަމުންކަމެވެ.

" މިފަދަކަންކަން މުޖުތަމައުގައި ހިންގާފަރާތްތަކާއިމެދު އެޅެންއޮތް އެއްމެ ހަރުކަށި ފިޔަވަޅު އެޅިގެންދާކަން ޔަޤީންކުރާނަން." ވަޒީރު އިހްސާން އެކްސްގައި ވިދާޅުވެފައިވެއެވެ.

އެނގިފައިވާ ގޮތުގައި އަނިޔާ ލިބުނު ކުއްޖަކީ އާއިލާއާ އެކު ރަސްދޫއަށް ޗުއްޓީއަށް ގޮސް އުޅޭ އެ އަތޮޅު މަތިވެރި ކުއްޖެކެވެ. 

މި ކުއްޖާއަށް ކުދިންތަކެއް އަނިޔާކޮށްފައިވަނީ މިރޭ ތަރާވީސް ނަމާދު ގަޑީގައެވެ. އާއްމު ވެފައިވާ ވީޑިއޯއިން މިސްކިތުގައި ނަމާދުކުރާ އަޑުވެސް އިވެއެވެ. އަދި އެ ކުއްޖާއަށް އަނިޔާކުރުން ހުއްޓާލަނީ އެތަނުން ކުއްޖަކު މިސްކިތުން ސަލާމް ދީފިއޭ ބުނާ އަޑަށްކަންވެސް ވީޑިއޯއިން އެނގެއެވެ.

ކުޑަކުއްޖާއަށް އަނިޔާކުރި ކުދިން އެ ކުއްޖާގައި މޫނުމަތީގައި ވަރަށް ބާރަަށް 2 ތިން ފަހަރު ޖަހާތަން ފެނެއެވެ. އަދި އެ ކުއްޖާ ގައިގައި ގޮށްމުށުންނާއި ކޮޅުފައިން ތަޅާތަންވެސް ފެނެއެވެ. އެވަގުތު އެކުއްޖާ ރޮމުން ކުޑަ ކަކޫ މައްޗަށް ތިރިވެ އަނިޔާނުކޮށް ދޫކޮށްލަން އެދި އާދޭސް ކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް