ads
އެމެރިކާގެ ރައީސް ޖޯ ބައިޑެން (ވ) އަދި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ކ) -- ފޮޓޯ: ގެޓީ
އިޖުތިމާއީ ހިދުމަތްތެރިން ހިމާޔަތް ކުރުމަށް ބައިޑަން އެދިވަޑައިގެންފި
ގާޒާގައި ހަރަކާތްތެރިވާ އިޖުތިމާއީ ހިދުމަތްތެރިން ހިމާޔަތް ކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން، ގޮވައިލައްވައިފި އެވެ.

ބައިޑަން މި މޭރުމުން ގޮވާލެއްވީ އިޒުރޭލުން ގާޒާއަށް ދިން ހަމަލާއެއްގައި ވޯލްޑް ސެންޓްރަލް ކިޗަން (ޑަބްލިޔުކޭސީ) އަށް މަސައްކަތްކޮށްދޭ ހަތް މީހަކު މަރުވުމާ ގުޅިގެންނެވެ.

އިޒުރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ކުށެއް ނެތް އެތައް ބަޔަކު މަރުވެއްޖެ ކަމަށް އެމެރިކާގެ ރައީސް ބައިޑަން ވަނީ ވިދާޅުވެފައި އެވެ. އެހީދޭން މަސައްކަތްކުރި މީހުންގެ ތެރެއިން މަރުވެފައިވާ އަދަދު ހިސާބުކުރަން ދަތި ކަމަށްވެސް ވިދާޅުވި އެވެ.

ވައިޓް ހައުސުން ބުނީ, "[ގާޒާގެ] އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާތައް ހުއްޓައިލައި, އެ މީހުންނަށް ޖައްސާފައިވާ އިންސާނީ މުސީބާތުން ސަލާމަކޮށް, [ގާޒާގައި ހަރަކާތްތެރިވާ] އިޖުތިމާޢީ ހިދުމަތްތެރިން ހިމާޔަތް ކުރުމަށް [ބައިޑަން] ސާފުކޮށް ގޮވައިލައްވާފައިވާ" ކަމުގަ އެވެ. އަދި, މި ގޮވައިލުމާ މެދު ޒަޔަނިސްޓު އިސްރާއީލުން އަމަލު ކުރާ ގޮތެއް ބެލުމަށް ފަހު, އެމެރިކާގެ ސިޔާސަތުތަކަށް ބަދަލު ގެންނާނެ ކަމުގައި ބައިޑަން ވިދާޅުވި ކަމުގަ އެވެ.

އިޒުރޭލާ އެކު އެމެރިކާ ބާއްވާ ގާތް ގުޅުމަކީ މީހުން މެރުމަށް ދޭ ހުއްދައެއް ނޫން ކަމަށް ބައިޑަން ވިދާޅުވި ކަމަށް ވެސް އެމެރިކާގެ ނޫސްތަކުން ވަނީ ވައިޓްހައުސްއާ ހަވާލާދީ ރިޕޯޓްކޮށްފައި އެވެ. 

އެމެރިކާއިން އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދޭތީ އެކަމަށް ގިނަ ފާޑު ކިޔުންތައް އަމާޒުވެފައިވާއިރު، އެމެރިކާއިން ބުނަމުންދަނީ އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދެނީ ދިފާއުވާން ކަމަށެވެ. ނަމަވެސް އެމެރިކާގެ ސިޔާސަތައް އިހުތިރާމު ކުރުމެއް ނެތި އިޒުރޭލު ސަރުކާރަަށް ފެންނަހާ ގޮތަކަށް ގާޒާގެ އާންމުންނަށް ހަމަލަދޭނަމަ، އިޒުރޭލާ ދޭތެރޭ ދެވަނަ ވިސްނުމަކަށް ދާން ޖެހިވަޑައިގެންފާނެ ކަމެއް އެމެރިކާ ސަރުކާރުން ވަނީ އިޒްރޭލަށް ސިއްރުން ދަންނަވާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. 

އަދި އެމެރިކާގެ ރިޔާސީ އިންތިހާބު އޮންނަ އަހަރު، ބައިނަލްއަގްވާމީ މައިދާނުގައި އެމެރިކާ ބަދުނާމުވާ ގޮތަށް އަމަލު ނުކުރުމަށް އަދި އެމެރިކާގެ ރައްޔިތުންގެ ހިތުގައި ބައިޑަން އަށް ނަފުރަތު އުފެދޭ އަމަލުތަކުން ދުރުވުމަށް ވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަން، އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދެންނެވި ކަމަށް ވަނީ ރިޕޯޓްކޮށްފައި އެވެ.

ގާޒާގެ މުސްލިމުންނާ މެދު އެމެރިކާއިން އަމަލު ކުރަމުންދާ ގޮތުން, އެމެރިކާގެ މުނާފިގުކަން ހާމަވެއެވެ. ބައިޑަނާއި އޭނާގެ ސަރުކާރުގެ ދެފުށްދެގޮތް ކަން ސާބިތުވެެއެވެ. ދުނިޔޭގެ ކުރިމަތީގައި ބައިޑަން ގޮވައިލައްވަމުން ގެންދަނީ ޔަހޫދީންގެ އުދުވާންތައް މެދުކަނޑައިލުމަށެވެ. ނަމަވެސް, އޭގެ އަނެއް ދުވަހު, ބައިޑަން ގެންދަވަނީ ފަލަސްތީނުގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީންނަށް ބޭނުންވާނެ ހުރިހާ ބާވަތެއްގެ ހަތިޔާރެއް ފޯރުކޮށްދެއްވަމުންނެވެ. 

އެގޮތުން އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ދަ ވޮޝިންގްޓަން ޕޯސްޓުން ބުނީ ފާއިތުވެދިޔަ ދުވަސްތަކުގައި އެމެރިކާއިން ވަނީ އިޒްރޭލަށް ހަނގުރާމައަށް ބޭނުންވާ ގިނަ އަދަދެއްގެ ހަތިޔާރު ފޯރުކޮށްދޭން އެއްބަސްވެފައި ކަމަށެވެ.

އިޒްރޭލަށް އެމެރިކާއިން ފޯރުކޮށްދޭން އެއްބަސްވީ ހަނގުރާމަ ކުރާ ޖެޓުތަކާއި، އެމްކޭ84 ގެ 2،000 ޕައުންޑުގެ ބޮމުގެ އިތުރުން އެމްކޭ82 ގެ 500 ޕައުންޑުގެ ބޮންތައް ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެ އެވެ.

އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީން ގާޒާގައި ހިންގަމުންދާ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 33,975އަށް އުފުލިފަ އެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެ ވެ. އަދި, މި އުދުވާނުގައި ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 77,575އަށް އުފުލިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް