ads
ވެމްކޯގެ ކުނި ބިލު ސްޓެލްކޯގެ ކަރަންޓު ބިލާ އެއްކޮށްލާއިރު، މިހާރު ވެމްކޯއަށް ނުދައްކާ ހުރި ބިލުތައް ސްޓެލްކޯގެ ބިލުގައި ނުހިމަނާނެ - ފޮޓޯ:އަވަސް
ހޯމަދުވަހުން ފެށިގެން ކުނީގެ އަގުހެޔޮވާނެ، ކިލޯއަކަށް 50ލާރި
މާލޭ ސަރަހައްދުން ކުނި އުކާލުމަށް އުޅަނދުތަކުން ނަގާ ފީ އަނެއްކާވެސް ކުޑަކޮށްފިއެވެ.

މީ މިއަހަރުގެ ތެރޭގައި ކުނި އުކާލާ އާއްމު އުޅަނދުތަކުން ނަގާފީ ކުޑަކުރި ދެވަނަ ފަހަރެވެ. 

މާލެ ސަރަހައްދުގައި ކުނި އުކާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން އާންމުންގެ އުޅަނދުތަކުން އުކާ ކުނި ޓަނެއްގެ އަގު 750 ރުފިޔާއަށް ކުޑަކުރީ މިދިޔަ މާރިޗު މަހުގެ އެއްވަނަ ދުވަހުއެވެ. އޭގެ ކުރިން ޓަނަކަށް ނަގަމުން އައީ 1060 ރުފިޔާއެވެ. މީގެއިތުރުން ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއްގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކު، 150 ރުފިޔާގެ ފީއެއްވެސް ވެމްކޯއިން އަންނަނީ ނަގަމުންނެވެ.. 

ވެމްކޯއިން މިއަދު ބުނީ އާންމު މީހުންގެ އުޅަނދުތަކަށް ނަގާ ފީ އަންނަ ހޯމަދުވަހުން ފެށިގެން އަނެއްކާވެސް ކުޑަކުރަން ނިންމާފައިވާކަމަށެވެ. މިގޮތުން އާންމުންގެ އުޅަނދުތަކުން ހޯމަ ދުވަހުން ފެށިގެން ނަގަމުންދާނީ ކިލޯއަކަށް 50 ލާރީގެ މަގުންކަމަށެވެ. އެއީ އާންމުންނާއި، އަމިއްލަ ކުންފުނިތަކުން ގެންދާ ދުވަހު ކުނި، ބޮޑެތި ކުނި ހިމެނޭ ގޮތަށްކަމަށް ވެމްކޯއިން ބުނެއެވެ. 

ސަރުކާރު އޮފީސް އަދި ސަރުކާރު ކުންފުނިތަކުން އުކަލާ ހުރިހށާ ބާވަތެއްގެ ކުންޏަކަށް ނަގަމުންދާނީ ކިލޯއަކަށް 2.66 ރުފިޔާކަމަށްވެސް ވެމްކޯއިން ބުނެއެވެ. އަދި ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ ކޮންމެ އުޅަނދަކުން ހިދުމަތުގެ އަގުގެ ގޮތުގައި މިހާރެކޭ ވެސް އެއްގޮތަށް ކުނި އުކަން ވަންނަ ކޮންމެ ފަހަރަކަށް 150ރ ނަގާނެކަމަށްވެސް ވެމްކޯއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް