ads
ކިމް ކާޑޭޝަން
ހަނދަށް ދިޔަކަމަކަށް ގަބޫލެއް ނުކުރަން: ކިމް ކާޑޭޝަން
އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޝޯ ތަރި ކިމް ކާޑޭޝިއަން، 1969 ވަނަ އަހަރު އެމެރިކާއިން ހަނދަށް މީހުން ފޮނުވި ކަމަށް ބުނާ ބުނުމަކީ ދޮގެއް ކަމަށް ބުނެފިއެވެ.
Advertisement

އޭނާ ގަބޫލުކުރާ ގޮތުގައި އެއީ އޮޅުވާލުމެކެވެ.

ކިމް މި ވާހަކަ ދައްކާފައިވަނީ އޭނާ އާއި އޭނާގެ އާއިލާ ދައްކުވައިދޭ "ދަ ކާޑޭޝިއަންސް" ޝޯގެ ތެރެއިންނެވެ. ޝޯގެ އެޕިސޯޑެއްގައި، މަޝްހޫރު އެކްޓްރެސް ސާރާ ޕޯލްސަންއާ ވާހަކަ ދައްކަމުން ކިމް ވަނީ ހަނދަށް މީހުން ދިޔަ ކަމަކީ ހަގީގަތެއް ނޫން ކަމަށް ގަބޫލުކުރުވަން މަސައްކަތްކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކިމް ބުނީ، "އަހަންނަށް ހީވަނީ އެއީ ފޭކެއްހެން،" މިފަދައިންނެވެ. ހަނދަށް މީހުން ދިޔަ ކަމާމެދު އެތައް ޒަމާނެއް ވަންދެން ބައެއް މީހުން ސުވާލު އުފައްދަމުން އަންނައިރު، ކިމް ފަދަ މަޝްހޫރު ފަރާތަކުން މި ވާހަކަ ދެއްކުމުން އެކަމަށް ވަނީ އިތުރު ސަމާލުކަމެއް ލިބިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް