ads
ހޯރަފުށީގައި ގާއިމް ކުރާ ހާފްވޭ ހައުސް- އެމްޓީސީސީ
ކުށްކުރާ ކުދިން ދައުލަތަށް ނަގާ 18 އަހަރު ވަންދެން ބަލަނީ
ކުށްްކުކުށުގެ މާހައުލުން ތަކުރާރުކޮށް ހައްޔަރުކުރާ، ކުށްކުރުމުގެ ނުރައްކާ އޮތް ކުދިން ބަލަހައްޓަން ވަނީ ތަނެއް ހެދުމަށް ސަރުކާރުން ނިންމައިފިއެވެ.

ރަސްދޫގެ މިސްކިތެއްގެ ފާހާނާ ތެރޭ ދެ ކުޑަކުއްޖަކު ވެގެން އެހެން ކުއްޖަކަށް ގަނާކޮށް އަނިޔާކުރި މައްސަލަ ފެންމަތިވުމުން ކުޑަކުދިން ގަނާއިން ރައްކާތެރިކުރުމަށް ވަޒީރުންގެ މައްޗަށް އެކުލެވޭ ހާއްސަ ޓާސްކް ފޯހެއް ސަރުކާރުން ވަނީ އެކުލަވާލާފައެވެ. 

މި ޓާސްކްފޯސްގައި ހިމެނޭ ދާހިލީ ވަޒީރު އަކީ އިހްސާން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ ރާއްޖޭގައި ކުށްކުރާ 200 އެއްހާ ކުދިން ތިބިކަން ރެކޯޑްތަކުން ދައްކާކަމަށެވެ. 

ކުށްތަކަށް ހުށަހެޅޭ ނުވަތަ ކުށުގެ ވެށީގައި ހަރަކާތްތެރިވާ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް ދައުލަތުގެ މަރުކަޒެއްގައި ފަރުވާ ދެވޭނެ ނިޒާމެއް އެކުލަވާލާ އެ ނިޒާމުގެ ތެރެއިން ހާއްސަ ސެންޓަރުތައް ގާއިމުކުރަންޖެހޭނެ ކަމަށް 2019 ވަނަ އަހަރު ވުޖޫދަށް އައި ކުޑަކުދިންގެ އަދުލުގެ ގާނޫނުގައިވެއެވެ.

އިހްސާން ވިދާޅުވީ އެހެންނަމަވެސް ޖަލެއް ފިޔަވައި އިތުރު އެއްވެސް މަރުކަޒެއް އަދި ނިމިފައިނުވާކަމަށެވެ. ވަޒީރު ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ އެ މަރުކަޒުތައް ވަކި ރަށެއްގައި ގާއިމުކުރުންކަމަށެވެ. 

"އަދުގެ ސަރުކާރުގެ ވިސްނުންފުޅަކީ އަޅުގަނޑުމެން މި ފެސިލިޓީއަށްޓަކައި ވަކި ރަށެއް ޑިވެލޮޕް ކުރުން. އެޓް ރިސްކުގައި ތިބޭ ކުދިން އާއިލާތަކުން ނުބެލެހެއްޓި ނުވަތަ އަހުލާގީ ގޮތުން މުޖުތަމައުން އެކަހެރިވެގެން ދާތަން ފެނި، އަދި އެކިއެކި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއެކުގައި އުޅެ ކުށުގެ މާހައުލުން ތަކުރާރުކޮށް ފުލުހުންނާ އަޅުގަނޑުމެންގެ މި ޚިދުމަތް ދޭ ފަރާތްތަކާ ދިމާވާ ކުދިން އަޅުގަނޑުމެން ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން،" އިހްސާން ވިދާޅުވިއެވެ.

ވަޒީރު އިހްސާން ވިދާޅުވީ ވަކި މުއްދަތެއް ވަންދެން ރިހިބެލިޓޭޝަން ފަރުވާ ދިނުމަށްފަހު ގެންދަންޖެހޭ ހާފްވޭ ހައުސްއަކަށް ހއ. ހޯރަފުށީގައި ހަދާފައި އެބަހުރި ކަމަށެވެ. އެހެންނަމަވެސް އެތަން އަދި ހިދުމަތަށް ގެނެވެން ނެތުނުމުން އެތަން ޖުވައިނަލް ޓްރީމެންޓް ސެންޓަރަކަށް ބަދަލުކުރަން ނިންމށާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" އަޅުގަނޑުމެން މިހާރު ނަގާފައިވާ އެއް ޑިޒިޝަންއަކީ ހޯރަފުށީގައި ހުރިތަން އަޅުގަނޑުމެން ފައްޓާނީ ޖުވެނައިލް ޓްރީޓްމަންޓް ސެންޓަރެއް ގޮތުގައި ކަމަށް. މި ފެށޭ ހަފުތާގައި އެތަން ހުޅުވާނަން. ހުޅުވާފައި އެޓް ރިސްކުގައި ތިބި، އެންމެ ބޮޑަށް ޕްރައިއޯރިޓީއަށް ލެވޭ، އެތަނުގެ މެކްސިމަމް ކެޕޭސިޓީއަށް ނެގޭނެ ކުދިން އެ ތަނަށް ނަގައިގެން ރިހިބިލިޓޭޝަން ފަށާނަން،” އިހުސާން ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ ދައުލަތަށް ނަގާ ކުދިން ނަގާނީ ގާނޫނުގައި ބުނާ ގޮތަށް ކޯޓު ހުކުމެއްގެ ތެރެއިންކަމަސެވެ. އަދި އެގޮތަށް ނަގާ ކުދިން ނެގުމަށްފަހު އެކުދިން ކެއާ ފެސިލިޓީގައި 18 އަހަރުވަންދެން ބަލަހައްޓާނެކަމަށްވެސް ދާހިލީ ވަޒީރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް