ads
ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ރަސްދޫގެ ބައެއް މީހުން ހިތްހަމަނުޖެހި އަޑުއުފުލަނީ
މައާފަށް އެދެން، ކުރި އަނިޔާއަށް އަދަބު ލިބެންޖެހޭ : އާއިލާ
އއ. ރަސްދޫ މިސްކިތެއްގައި ކުޑަކުއްޖަކަށް އަނިޔާކޮށް ބުލީކުރި މައްސަލައިގައި، އެކަމުގައި ބައިވެރިވި އެއް ކުއްޖެއްގެ އާއިލާއިން މާފަށް އެދެފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ރަސްދޫ މިސްކިތެއްގެ ވުޝޫކުރާ ބައިގެ ތެރޭގައި އަނިޔާކޮށްފައިވަނީ 12 އަހަރުގެ ކުއްޖަކަށެވެ. މި ކުއްޖާއަށް އަނިޔާކުރީ އުމުރުން 13 އަހަރާއި 14 އަހަރުގެ ދެކުދިންނެވެ. 

މި ކުދިންގެ ތެރެއިން 14 އަހަރުގެ ކުއްޖާގެ އާއިލާއިން ވަނީ މިކަމަށް އަނިޔާ ލިބުނު ކުއްޖާގެ އާއިލާގެ ކިބައިން މައާފަށް އެދިފައެވެ. 14 އަހަރުގެ ކުއްޖާގެ އާއިލާ މީހެއް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުއްޖާގެ އަމަލު އާއިލާއިން ހަރުކަށިކަމާ އެކު ކުށްވެރިކުރާ ކަމަށާއި އަދި އެއީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ. 

އަނިޔާވި ކުއްޖާއަށް ލިބުނު ބިރުވެރިކަމާއި ނަފްސާނީ ގެއްލުމަކީ އުމުރުދުވަހު ހިތުގައި ހުންނާނެ ކަންތައްތަކެއްކަން ދަނެ އެކަމާ މި އާއިލާއިން ހިތާމަ ކުރާ ހާލު އަނިޔާ ލިބުނު ކުއްޖާ އާއި އޭނާގެ އާއިލާގެ ކިބައިން މާފަށް އެދޭ ކަމަށްވެސް އެ ޕޯސްޓްގައިވެއެވެ. 

ކުޑަކުއްޖާއަށް ކުރާ އަނިޔާތަކާ ދެކޮޅަށް، ފޭސްބުކްގައި ކުރި ޕޯސްޓަކަށް، 14 އަހަރުގެ ކުއްޖާގެ އާއިލާގެ އެހެން ކުއްޖަކު ވަނީ ރައްދު ދީފަައެވެ. 18 އަހަރުން ދަށުގެ އެ ކުއްޖާ ކުރި ޕޯސްޓްގައި ވަނީ ކުޑަކުއްޖާއަށް ދިން އަނިޔާއަށް ހިތްވަރުދީ ވާހަކަ ދައްކާ، އަނިޔާ ލިބުނު ކުއްޖާއަށް މަރުގެ އިންޒާރު ވެސް ދީފައެވެ.

14 އަހަރުގެ ކުއްޖާގެ އައިލާއިން ބުނީ މައާފަށް އެދި ޕޯސްޓް ފޭސްބުކްގައި ޖަހަން ޖެހުނީ އެ އާއިލާއަށް ނިސްބަތްވށ 18 އަހަރުގެ ކުއްޖާގެ ޕޯސްޓާއި ގުޅިގެންކަމަށެވެ. 

"މިކަން މިގޮތަށް ވެއްޖެކަން މި އާއިލާއަށް އެނގުނީ ޕޭޖެއްގައި ސްކްރީންޝޮޓްތައް އާންމުކުރުމުންނެވެ. މި ސްކްރީންޝޮޓްތައް ދައުރުވާން ފެށުމުން މުޖުތަމައު އަށް މި އާއިލާ ސިފަވެފައި ވަނީ ހަނގާކުރުމަށް ހިތްވަރުދޭ އާއިލާއެއްގެ ގޮތުގައި އެވެ. އެހެން ނަމަވެސް އެ ސްކްރީންޝޮޓްތަކުގައި އޭނާ ބުނެފައިވާ ވާހަކަތަކަކީ މި އާއިލާއިން މި މައްސަލައާ މެދު ދެކޭ ގޮތެއް ނޫނެވެ،" އެ ޕޯސްޓުގައިވެއެވެ.

ހުކުރު ދުވަހުގެރޭ ހިންގި މި އަމަލުގައި އަނިޔާ ލިބުނީ އއ. މަތިވެރީގެ ކުއްޖަކަށެވެ. އެ ކުއްޖާއަކީ އާއިލާއާ އެކު ޗުއްޓީއަށް ރަސްދޫއަށް ގޮސްއުޅުނު ކުއްޖެކެވެ. 

މި ހާދިސާ ފެންމަތިވުމުން ކުޑަކުދިން ކުރާ ޖިނާއީ ކުށްތަކަށް ޒިންމާވާން ޖެހޭ އުމުރު، 15 އަހަރުން، 12 އަހަރަށް ދަށް ކުރަން ނިންމާފައިވާކަން ސަރުކާރުން އިއްޔެ ވަނީ އިއުލާްންކޮށްފައެވެ.

0%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް