ads
އާދަމް ޝަރީފް އުމަރު/ ފޮޓޯ: މިހާރު
ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާކަމަށް ބުނާއިރު ހެކި ދައްކަން ޖެހޭ: އާދަމް ޝަރީފް
ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު އެކަމަށް ހެކި ދައްކަން ޖެހޭ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ޕީއެންސީ ލީޑާޝިޕްގެ ފަރާތުން އިއްޔެ ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި އެވެ.

ރައީސް ޔާމީން ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންނަށް އިޝާރާތްކޮށް އެބޭފުޅުން މަސައްކަތްނުކުރައްވާކަމަށް ވިދާޅުވާކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ، އެފަދަ ވާހަކަތައް ޔާމީން ހިމެނިވަޑައިގަންނަވާހެން ދައްކަވަނީ ސިޔާސީ ބޭނުމަކަށްކަން ވެދާނެކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ 2 ގޮތެއް، އެއްގޮތަކީ އަޅުގަނޑުމެން މިކުރި މަސައްކަތް އެ އިރުގައި އެ ކިޔާދީފައި ހުރި ބޭފުޅުން، ކިޔާ ނުދެއްވީ، އަނެއްގޮތަކީ ހަމަ ކަނޑައެޅިގެން މިވަގުތު ސިޔާސީ ބޭނުމަށްޓަށްކައި ރައީސް ޔާމީން އެގޮތަށް ވިދާޅުވަނީ"

އެކަން ކޮންމެ ގޮތަކަށް ނިމިދިޔަނަމަވެސް އެކެއްގެ ހައިސިއްޔަތުން ޕީއެންސީ ލީޑާޝިޕްގެ ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާ، އޭގެ ނަތީޖާއަކީ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުވެގެން ދިއުން ކަމަށާއި އަމިއްލަ ނަފްސަށް އެ ޔަގީންކަން އޮތަކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ. 

މީގެ އިތުރުން އެކަމުގެ އިތުރު ނަތީޖާއަކީ މުޒާހަރާތަކުގައި ދެއްކެވި ވާހަކަ ރައްޔިތުން ގަބޫލުކުރުންކަމަށާއި އެހެންކަމުން ވެރިކަން ބަދަލުވުމުގައިވެސް ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ ވެރިކަން ބަދަލުކުރުމުގައި ލިބުނު ވަރަށް ބޮޑު ފުރުސަތެއްކަމަށް ޝަރީފްގެ ވާހަކަފުޅުގައި ވާނީ ފާހަގަކުރައްވާފައި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ އިރުޝާދާއި އެކުގައި ކުރެއްވުނު މަސައްކަތްތަކުގައި ކާމިޔާބުތަކެއް އެބަހުރި ކަމަށާއި ޕީއެންސީން ގަބޫލުކުރަނީ މިއަދުވެސް ރައީސް ޔާމީން މިނިވަން ވާޖެހޭނެކަމަށެވެ. އަދި މިހާރު ރައީސް ޔާމީން އަރިހުގައި ތިއްބެވި ލޯޔަރުން ހުރެގެން އެމަނިކުފާނަކަަށް ފައިދާއެއް ނުކުރާނެކަަމަށް ޝަރީފް ވަނީ ވިދާޅުވެފަ އެވެ. 

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން ރައީސް ޔާމީނަކަށެއް، މިހާރު އެ ހުންނެވި ލޯޔަރު ތިއްބަވައިގެން އެއްވެސް ލުޔެއް ލިބޭނެ އެއްވެސް މަގެއް ފެންނާނެކަމަކަށް" ޑރ. ޖަމީލު ލީޑް ކުރައްވާ ވަކީލުންނާއި އިޝާރާތްކުރައްވާ އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީން، ރައީސް ޑރ.މުހައްމަދު މުއިއްޒު އެކަމުގެ ތެރެއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވަމުން ގެންދަވާނަމަވެސް އެހެން ބުނެވެންވާނީ އެކަމުގައި ހެކި ދައްކަވާފައިކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

އަޅުގަނޑުގެ ވާހަކައަކީ ހެކި ދައްކަވާ އެބޭފުޅުން، ހެކި ދައްކަވާފަ ވިދާޅުވެދެއްވާ މިހިރީއޭ ހުރި ކަންތައްތަކަކީ" މިފަހުން ޔާމީން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ އާދަމް ޝަރީފް ވިދާޅުވި އެވެ.

މިނިސްޓަރު ޝަރީފް ވަނީ ރައިސް ޑރ. މުހައްމަދު މުއިއްޒެއް ރައީސް ޔާމީނަކަށް އަނިޔާވެރި ވާނެ އެއްވެސްކަމެއް ނުކުރައްވާނެކަން ޗެލެންޖްކޮށްފަ ދަންނަވަން ކެރޭކަމުގެ ޔަގީންކަންވެސް އޭނާ ވަނީ ދެއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް