ads
އެރިކް ޓެން ހޭގް
ޔުނައިޓެޑު – ލިވަޕޫލް މެޗު "ހާޑު" ވާނެ
ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާ ލިވަޕޫލް މިރޭ ކުޅޭ މެޗު "ހާޑު" ވާނެ ކަމުގެ އިންޒާރު ޔުނައިޓެޑުގެ ކޯޗު، އެރިކް ޓެން ހޭގް ބުނެފިއެވެ.

ޕްރިމިއަރ ލީގުގައި ޔުނައިޓެޑާ ލިވަޕޫލް ކުޅޭ މެޗު އޮންނާނީ މިރޭ، 7:30 ގައެވެ. މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހެގް ބުނީ ލިވަޕޫލާ ދެކޮޅަށް ކުޅޭއިރު އޭނާގެ ކުޅުންތެރިން "ރުޅިގަދަވާނެ" ކަމަށެވެ. ޔުނައިޓެޑުވަނީ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ހިތްދަތި ގޮތަކަށް ޗެލްސީ އަތުން ބަލިވެފައެވެ. އެކަމަކު ލިވަޕޫލާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުން ފަހަތުން އަރައި މޮޅުވެފައި އޮތުމުގެ ހިތްހަމަ ޖެހުން ޔުނައިޓެޑަށް އެބައޮތެވެ.

ލީގުގައި ވޭތުވެދިޔަ ދެ މެޗުގެ ފަހުކޮޅު ޔުނައިޓެޑުން ގެއްލުވާލި ޕޮއިންޓްތަކާހެދި، އަންނަ ސީޒަނުގެ އާ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ އުންމީދުތައް ވަނީ ފަނޑުވެފައެވެ.

2022 ވަނަ އަހަރު ޓެން ހެގް ކޯޗުކަމާ ހަވާލުވި ފަހުން އޮލްޑް ޓްރެފޯޑްގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު ދެ ފަހަރު ވެސް މޮޅުވެފައިވާއިރު، މިދިޔަ މަހު ކުޅުނު އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ޔުނައިޓެޑުންވަނީ ލިވަޕޫލް ކަޓުވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް