ads
އާސެނަލް ކުޅުންތެރިން
އާސެނަލް އެއްވަނައަށް
ޕްރިމިއާ ލީގުގައި ބްރައިޓަން ބަލިކޮށް ޓޭބަލްގެ އެއްވަނައަށް އާސެނަލް އަރައިފިއެވެ.

ބްރައިޓަން އަތުން އާސެނަލް މޮޅުވީ ތިން ލަނޑު ސުން ލަނޑުންނެވެ. މިއާއެކު އާސެނަލް އެއް ވަނަ އަށް އެރިނަމަވެސް، މިރޭ ލިވަޕޫލް އާ ޔުނައިޓެޑު މެޗުން ލިވަޕޫލަށް އަލުން އެއްވަނައަށް އެރުމުގެ ފުރުސަތު ލިބޭނެއެވެ. 

ާރޭގެ މޮޅާ އެކު، އާސެނަލް އެއް ވަނައިގައި އޮތީ 31 މެޗުން 71 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 30 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ސިޓީ އަށް 31 މެޗުން ވަނީ 70 ޕޮއިންޓް ލިބިފަ އެވެ.

ބްރައިޓަން ދަނޑުގައި އާސެނަލުން ލީޑުނެގީ ޕެނަލްޓީ އަކުން ބުކާޔޯ ސަކާ ޖެހި ގޯލުންނެވެ. އާސެނަލްގެ ދެ ވަނަ ލަނޑު ޖެހީ، ކައި ހަވާޓްޒް އެވެ. އާސެނަލްގެ ތިން ވަނަ ލަނޑު ޖެހީ، ލެއަންޑްރޯ ޓްރޮސާޑް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް