ads
ސަލާހް
ފޭކް ޕެނަލްޓީއެއް ހޯދައިގެން ލިވަޕޫލް ސަލާމަތްވެއްޖެ
ޕްރިމިއާ ލީގުގައި ފޭކް ޕެނަލްޓީއެއް ހޯދައިގެން ލިވަޕޫލް، މެންޗެސްޓަރ ޔުނައިޓެޑު އަތުން ބަލިނުވެ ސަލާމަތްވެއްޖެއެވެ.

ޕްރިމިއާ ލީގުގައި ރޭ ޔުނައިޓެޑާ ލިވަޕޫލް ކުޅުނު މެޗުން ލިވަޕޫލް ބަލިނުވެ ސަލާމަތްވީ ލިބުނު ފޭކް ޕެނަލްޓީއެއްގައި ސަލާހް ޖެހި ލަނޑުންނެވެ. މި މެޗު އެއްވަރުވީ ދެ ލަނޑު ދެ ލަނޑުންނެވެ.

މި މެޗުން ބަލިނުވެ ލިވަޕޫލް ސަލާމަތްވި ނަމަވެސް ޓޭބަލްގެ އެއްވަނަވަނީ ގެއްލިފައެވެ. އެއް ވަނައިގައި މި ވަގުތު އޮތް އާސެނަލާއި ދެ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 31 މެޗުން 71 ޕޮއިންޓް ލިބިފަ އެވެ. އާސެނަލް ކުރީގައި އޮތީ ފައިދާ ގޯލުންނެވެ. ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އަށް ވަނީ 31 މެޗުން 70 ޕޮއިންޓް ލިބިފަ އެވެ.

ރޭ އޯލްޑްޓެރަފަޑްގައި ލިވަޕޫލުން ލީޑުނެގީ، 23 ވަނަ މިނިޓްގައި ލުއިޒް ޑިއާޒް ޖެހި ގޯލުންނެވެ. ޔުނައިޓެޑުން އެއްވަރުކުރީ މެޗުގެ 50 ވަނަ މިނިޓްގަ ހާފުގެ މެދެއްހާ ހިސާބުން ބްރޫނޯ ފެނާންޑޭސް ޖެހި ލަނޑަކުންނެވެ. އަދި  ޔުނައިޓެޑުން ލީޑުނެގީ 67 ވަަނަ މިނިޓްގައި ކޯބީ މައިނޫ ޖެހި ގޯލުންނެވެ. އެކަމަކު ލިބުނު ފޭކް ޕެނަލްޓީ އަކުން މުހައްމަދު ސަލާހު ލިވަޕޫލް ބަލިވިޔަ ނުދީ ސަލާމަތްކޮށްދިނެވެ.

43%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް