ads
ޒަކާތުގެ ޑިރެކްޓަރ ޝައިޚް އިއްޒައްދީން
ޒަކާތުގެ ޑިރެކްޓަރަކަށް ޝައިޚް އިއްޒައްދީން
ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތުގެ މަޤާމަށް ފަޟީލަތުއް ޝައިހް އިއްޒައްދީން ޢަދްނާން އައްޔަންކުރައްވައިފިއެވެ.

ފަޟީލަތުއްޝައިޚް ޢިއްޒައްދީންއަކީ 2008 ވަނަ އަހަރުން ފެށިގެން އިސްލާމީ  ކަންތައްތަކާއި ބެހޭ ވުޒާރާގައި އެކިއެކި މަޤާމްތައް  ފުރައްވަމުން އަންނަ ބޭފުޅެކެވެ. ފަޟީލަތުއްޝައިޚް ޢިއްޒައްދީން އެންމެ ފަހުން ފުރުއްވާފައިވަނީ ވުޒާރާގެ މުސާޢިދު ވާޢިޒުގެ މަޤާމެވެ.  

ފަޟީލަތުއްޝައިޚް ޢިއްޒުއްދީން މަތީތަޢުލީމް ޙާސިލްކުރެއްވީ ޕާކިސްތާނުގެ އިސްލާމީ އާބާދުގެ އިންޓަނޭޝަނަލް އިސްލާމިކް

 ޔުނިވަރސިޓީއިންނެވެ. އަދި މިހާރު ދަނީ ދިވެހިރާއްޖޭގެ އިސްލާމީ  ޔުނިވާސިޓީގައި ޕީއެޗްޑީ ހާސިލްކުރައްވަމުންނެވެ.

ފަޟީލަތުއްޝައިޚް  ޢިއްޒައްދީން  ވަނީ  2016  ވަނަ  އަހަރު  މާސްޓަރ އޮފް  ޝަރީޢާ  ކޯސް  ފުރިހަމަ  ކުރައްވާ  ބުކް  ޕްރައިޒްވެސް ހާސިލްކުރައްވައިފައެވެ. 

ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތުގެ މަޤާމަށް އައްޔަންކުރެއްވި ޝައިހް އިއްޒައްދީނަކީ ދީނީ ނަސޭހަރް ދެއްވުމާއި ދީނީ ގޮތުން މީހުން ހޭލުންތެރިކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ބޭފުޅެކެވެ.

ރާއްޖެއިން ފަގީރުކަން ނައްތައިލާ ޒަކާތާ ބެހޭ ކަންކަން ވިހާ ވެސް ހަރުދަނާކޮށް ހިންގުމަށް، ދިވެހި ރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް ސަރުކާރުން އުފެއްދީ މިއަހަރު ޖެނުއަރީ މަހުގެ 2 ވަނަދުވަހުއެވެ. 

މި އިދާރާގެ ބޭނުމަކީ ރާއްޖޭގައި ޒަކާތުގެ އިލްމު ފެތުރުމާއި، ޒަކާތް ނެރުމާއި ޒަކާތާ ގުޅޭ ގޮތުންހޭލުންތެރިކުރުމުގެ މަސައްކަތް ކުރުމެވެ.

މިގެއިތުރުން ޒަކާތު ފަންޑަށް ލިބޭ ފައިސާ އިންވެސްޓްކޮށް، އިތުރުކުރުމާއި އެ ފަންޑަށް ލިބޭ ފައިސާއިން ބޭނުންތެރި މުހިންމު މަޝްރޫއުތައް ހިންގުމަކީވެސް މި އިދާރާގެ ޒިންމާތަކުގައި ހިމެނޭކަމަކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް