ads
ރައީސް ޑރ، މުއިއްޒު
ޑްރަގްގެ ވަބާގައި ޖެހިފައިވާ މީހުން ރިހެބިލިޓޭޓްކޮށްދޭނަން: ރައީސް
ޑްރަގްގެ ވަބާގައި ޖެހިފައިވާ މީހުން ރިހެބިލިޓޭޓްކޮށް އަލުން މުޖުތަމައަށް ނެރުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ޑްރަގް ބޭނުންކުރާ މީހުންނަށް ފަރުވާދީ އަނބުރާ މުޖްތަމައަށް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާމެދު މާލެ ސިޓީ، މއ.ބޯޅަކިންކިރިމާގޭ އާއިޝަތު ޝެރީން، ދެންނެވި ސުވާލަށް ދެއްވި ޖަވާބުގަ އެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ޑްރަގްގެ ވަބާގައި ޖެހިފައިވާ ކުދިން އިސްލާމްދީނުގެ ހަމަތަކުގެ މަތިން، ތައުލީމާ ތަރުބިއްޔަތުދީ އަނބުރާ މުޖުތަމައުއަށް ބޭނުންތެރި ކުދިންނަށް ހަދައިދެއްވާނެ ކަމަށެވެ.

ރައީީސް ވިދާޅުވީ މުޖުތަމައުގައި އެންމެ ބޮޑުވެފައިވާ އެއް މައްސަލައަކީ ޑްރަގްގެ މައްސަލަ ކަމަށާއި، މި މައްސަލައަކީ އެތައް އަހަރެއްވެފައިވާ، އެކަށީގެންވާ ހައްލެއް ގެނެވިފައިނުވާ ބޮޑު މައްސަލައެއްކަމަށެވެ. އަދި ޒުވާނުންނާއި އެކި އުމުރުފުރާގެ އެތައް ބައެއް އެ ވަބާގައި ޖެހިފައިވާ ކަމަށް ރައީީސް ފާހަގަކުރެއްވި އެވެ.

އެހެންކަމުން މި ސަރުކާރުގެ މެނިފެސްޓޯގައި މި މައްސަލައަށް ހައްލު ގެނައުމަށް ބޮޑު ސަމާލުކަމެއް ދީފައި ވާނެކަމަށާއި، ރައީސްގެ ވައުދުފުޅުތަކުގެ ތެރޭގައި ވެސް އެކަން ފާހަގަ ކުރައްވާފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ކޮމިއުނިޓީ ބޭސްޑް ރިހަބިލިޓޭޝަނަކީ ޑްރަގް މައްސަލައިގެ އެންމެ މުހިއްމު ހައްލު ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކެބިނެޓުގައި މަޝްވަރާ ކުރެވި އެކަމާ ގުޅޭ ސިޔާސަތު ވެސް ކަނޑައަޅުއްވާފައި ވާނެކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް