މި ފައިސާ އިއްޔެއިން ފެށިގެން ބަހަން ފަށާފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަހަރު މާލެެއިން ފިތުރު ޒަކާތް ދެއްކި މިންވަރު އިތުރުވެފައިވާކަމަށެވެ. އެހެންކަމުން މާލޭގައި ފަގީރުންގެ ގޮތުގައި ދަފްތަރުކުރެވިފައިވާ މީހުންނަށް މީހަކަށް 8000 ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހަން ފަށާފައިވާކަށެވެ. އަދި މި ފައިސާ ޖަމާވާނީ އެމީހެއްގެ އެކައުންޓަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ކުޑަކުދިން ހިޔާ އާއި ހާއްސަ އެހީއަށް ބޭނުންޖެހިފައިވާ މަރުކަޒުތަކުގައި ތިބި މީހުންނަށްވެސް ފިތުރު ޒަކާތް ލިބޭނެކަމަށެވެ. އަދި މީގެއިތުރުން އެކި ސަބަބުތަކާއި ހުރެ ޖަލުގައި ބަންދުވުމުގެ ސަބަބުން އަނބިދަރިން ނިކަމެތިވެފައިވާ އާއިލާތަކަށްވެސް ޒަކާތް ބަހާނެކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އެކި ސަބަބުތަކާ ހުރެ ޖަލުގައި ބަންދުވުމުގެ ސަބަބުން އަނބިދަރިންނަށް ނިކަމެތިކަން މެދުވެރިވެފައިވާ މީހުންގެ އާއިލާތަކަށް ވެސް ފިތުރު ޒަކާތުން އެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި ކުޑަކުދިންގެ ހިޔާ އާއި ހާއްސަ އެހީއަށް ބޭނުންޖެހިފައިވާ މީހުންގެ މަރުކަޒުގައި ތިބި މީހުންނަށް ވެސް ފިތުރު ޒަކާތް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ ލިބުނު އަދަދި ޒަކާތު ހައުސްއިން އަދި ހާމަނުކުރިނަމަވެސް ރޯދަމަހުގެ ފުރތަމަ 20 ނިމުނުއިރު ޒަކާތުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ގޮވާމުގެ ގޮތުގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ތަކެތިވެސް ބެހުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.