ads
ޒަކާތު ފަންޑުން ގާޒާއަށް 100،000 ޑޮލަރު، ފޮނުވަނީ ގަތަރު ރެޑްކްރެސެންޓަށް
ރާއްޖޭގެ ޒަކާތު ފަންޑުން ގައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް 100،000 ޑޮލަރު (1.5 މިލިއަން ރުފިޔާ) ފޮނުވަން ނިންމައިފި އެވެ.

މީ ރާއްޖޭގެ ޒަކާތު ފަންޑުން ބޭރުގެ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ. 

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ގައްޒާ ރައްޔިތުންނަށް އެހީވުމަށް ފޮނުވާ ފައިސާ ހަވާލުކުރާނީ ގަތަރު ރެޑް ކުރެސެންޓއި ކަމަޑެވެ. މިގޮތަށް ނިންމީ މީގެކުރިންވެސް ދިވެހި ރައްޔިތުންގެ ފަރާތުން ދިން އެހީ ދެފަހަރެއްގެ މަތިން ގަތަރު ރެޑް ކްރެސެންޓް މެދުވެރިކޮށް ފޮނުވާފައިވާތީކަމަށެވެ. 

ގައްޒާގެ ނިކަމެތި ރައްޔިތުންނަށް ފޮނުވާ ފައިސާ ފޮނުވަން ނިންމާފައިވަނީ ދެ ބުރަކަށް ބަހާލައިގެންކަމަށް ޝަހީމް ވިދާޅުވިއެވެ.

"މި ފައިސާ ފޮނުވާނީ ދެ ޕޭމަންޓަކަށް ބަހައިގެން. މި ފައިސާއަކީ ގައްޒާގެ ރައްޔިތުންގެ ކާބޯތަކެއްޗަށް ހޭދަކުރުމަށްޓަކައި ފޮނުވޭ އެހީއެއް،" އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޝަހީމް ވިދާޅުވި އެވެ.

ގައްޒާގެ މުސްލިމުންނާއި ދެކޮޅަށް އިސްރާއީލުގެ ހައްދު ފަހަނާއަޅާފައިވާ ޔަހޫދީން ދެމުންގެންދާ ލާ އިންސާނީ އުދުވާނީ ހަމަލާތަކަށް 7 މަސްވެފައިވާއިރު މި ހަމަލާތަކުގައި ޝަހީދުވި މުސްލިމުން އަދަދުވަނީ 33 ހާހުން މައްޗަށް އަރާފައެވެ. އޭގެތެެރެއިން 28,000 އަކީ އަންހެނުންނާއި ކުޑަކުދިންނެވެ 

ޔަހޫދީންގެ ހަަމަލާތަކުގައި ގާޒާގެ ރައްޔިތުންގެ ގެތަކާއި އިމާރާތްތައް ސުންނާފަތި ކޮށްލާފައިވުމުން އާބާދީގެ 80 އިންސައްތަ މީހުން ވަނީ މަގުމަތިވެފަ އެވެ. މިދިޔަ އަހަރުގެ އޮކްޓުބަރު މަހުގެ 7 ވަނަދުވަހު އިސްރާއީލުން ގައްޒާގެ ރައްޔިތުން ނެތިކޮށްލުމަށް އަމާޒުކޮށް ދޭން ފެށި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދުވެސް ވަނީ 75 ހާހުން މައްޗަށް އަރާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް