ads
މި އަހަރުގެ ފިތުރު ޒަކާތް ބެހުމުގެ މަސައްކަތް ޒަކާތު ހައުސް އިން ކުރަނީ
ފިތުރު ޒަކާތުގެ ގޮތުގައި 9 މިލިއަނަށްވުރެ ގިނަ ރުފިޔާ
ފިތުރު ޒަކާތުގެ ގޮތުގައި 9.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިސްލާމިކް މިނިސްޓްރީން ވަނީ ފިތުރު ޒަކާތް ބަލައި ގަންނަން ފަށާފައެވެ. އެގޮތުން މިނިސްޓްރީގެ ކައުންޓަރުންތަކުންނާއި އޮންލައިންކޮށް ޒަކާތް ދެއްކޭގޮތް އޮތީ ހަމަޖައްސާފައެވެ. 

މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނީ 9,279,383.00 ރުފިޔާއެވެ. 

އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރުގެ ފިތުރު ޒަކާތް ބެހުމުގެ މަސައްކަތް ފަށާފައެވެ. މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި މާލޭގައި ފަގީރުންގެ ގޮތުގައި ދަފްތަރުކުރެވިފައިވާ މީހުންނަށް ކޮންމެ މީހަކަށް 8000 ރުފިޔާ ލިބޭނެކަމަށް އިސްލާމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އެ އެމީހުންގެ އެކައުންޓްތަކަށްއެ ފައިސާ ޖަމާކޮށް ދެމުންދާކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

ފިތުރު ޒަކާތުގެ ގޮތުގައި މިރޯދަ މަހު މާލެ ސިޓީން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައްވެސް އިއްޔެ ވަނީ ބަހަން ފަށާފައެވެ.

އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ ފަޤީރުންގެ ލިސްޓުގައި 8446 މީހުން އެބަ ތިބިއެވެ. މީގެ ތެރެއިން 1736 މީހުންނަކީ މާލެ ސަރަހައްދަށް ނިސްބަތްވާ މީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް