ads
ފޮޓޯ: އުރީދޫ
100ޖީބީ އާއެކު އުރީދޫއިން އީދު ހަދިޔާއަށް ހާއްސަ އޮފާތަކެއް ހުޅުވާލައިފި
ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫއިން ހާއްސަ އޮފަރ ތަކެއް އިއުލާނުކޮށްފި އެވެ.

އުރީދޫއިން ބުނީ މި އޮފާތަކަކީ ކަސްޓަމަރުންނަށް އީދުގައި ރައްޓެހިންނާއި އާއިލާއާއި ގުޅުންބަދަހި ކުރުމުގައި އުރީދޫއިން ހާއްސަކޮށް ތައްޔާރުކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހަދިޔާއެއްކަމަށެވެ. އެގޮތުން ވީޑިއޯކޯލް ކުރުމާއި، ސޯޝަލް މީޑިއާ ނުވަތަ ހަދިޔާއެއް ފޮނުވަން ވިޔަސް އުރީދޫ މެދުވެރި ކޮށް އީދު ކުލަގަދަކޮށް ފާހަގަ ކުރެވޭނެ މަގު ފަހިވެފައިވާކަން އުރީދޫއިން ވަނީ ފާހަގަކޮށްފަ އެވެ.

އުރީދޫއިން ބުނީ އީދު ޕެކް އެކްޓިވޭޓް ކޮށްގެން އަންލިމިޓަޑް ސޯޝަލް މީޑިއާ، ކޯލް އަދި 5 ޖީބީ ޑޭޓާ 2 ދުވަހަށް އެންމެ 50 ރ އަށް ލިބިގެންދާނެކަމަށެވެ. އަދި އިދު ޗުއްޓީ ޕެކް އެކްޓިވޭޓް ކޮށްގެން 100ޖީބީ އަދި އުރީދޫ އަށް ހިލޭ ގުޅާލުމުގެ ފުރުސަތު ފަހިވެގެންދާނެކަަމަށް އުރިދޫއިން ބުނެއެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް އެ ޕެކް 3 ދުވަހަށް 100ރ އަށް ނުވަތަ 5 ދުވަހަށް 150ރ އެކްޓިވޭޓް ކުރެވޭނެކަމަށްވެސް އުރީދޫއިން ބުނެ އެވެ.

އީދު ޕެކާއި ޗުއްޓީ ޕެކްގެ އިތުރުން އުރީދޫއިން ވަނީ ގިފްޓް ޕެކްއެއްވެސް ތައާރަފްކޮށްފަ އެވެ. އުރީދޫން ބުނީ އެ ކުންފުނީގެ ނެޓްވޯކުގައި ހިމެނޭ ރައްޓެހިންނާއި އާއިލާ މެމްބަރުންނަށް އީދު ހަދިޔާއެއްގެ ގޮތުގައި ޑޭޓާ ޕެކެއް ނުވަތަ ކޮފީއެއް ވެސް ހަދިޔާކުރެވޭނެ ކަމަށެވެ. އަދި އީދުގައި އެޕް މެދުވެރިކޮށް ރަޢްޓެހިންނަށް ހަދިޔާއެއް ފޮނުވާލައިގެން 1 ޖީބީ ހިލޭ ޑޭޓާ ލިބޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

އުރީދޫއިން ބުނީ އެ އޮފަރތައް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބިގެންދާނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް