ads
ދިރާގު އީދު ބޯކިބާ ހަރަކާތް
ދިރާގު ބޯކިބާ މި އީދުގައިވެސް އަނބުރާ އަންނަނީ
މި އަހަރުގެ ފިތުރު އީދުގައިވެސް "ދިރާގު އީދު ބޯކިބާ" ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަ ދިރާގުން އިއުލާންކޮށްފި އެވެ.

ދިރާގުން ބުނީ ދިރާގު އީދު ބޯކިބާ ހަރަކާތް ކުރިއަށް ދާނީ އީދު ނަމާދަށް ފަހު ހެނދުނު 7:30 ގައި ކަމަށެވެ. 2 ސަރަހައްދެއްގައި މިހަރަކާތް ކުރިއަށް ދާއިރު ދިރާގުން ބުނީ މާލޭގައި އެކަން ކުރިއަށްގެންދިއުމަށް ހަަމަޖެހިފައިވަނީ އާޓިފިޝަލް ބިޗުގައިކަމަށެވެ. އަދި ހުޅުމާލޭގައި އީދު ބޯކިބާގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސިންޓެޓިކް ޓްރެކް ސަރަހައްދަށްކަމަށްވެސް ދިރާގުން މައުލޫމާތުދެ އެވެ.

މިހަރަކާތާ ގުޅޭގޮތުން ދިރާގުގެ މެނޭޖަރ ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވީ ދިރާގު އީދު ބޯކިބާ އާންމުންނާއި ހަމައަށް ގެނެސްދީ، ހުރިހާ ފަރާތްތަކާ އެކު އީދު ދުވަސް ފާހަގަކުރުމަކީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. 

ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައުތަށް ސަޕޯޓް ފޯރުކޮށްދެވޭނެ އެކި އެކި ގޮތްތައް ހޯދައިދިނުންކަމަށް ނާޔާ ވިދާޅުވިއެވެ. އެގޮތުން ހާއްސަކޮށް ފިތުރު އީދު ފަދަ އުފާވެރި މުނާސަބަތެއްގައި މުޖުތަމައުގެ އެކި ފަރާތްތަކަށް ހެޔޮ ހިތުން ކަމެއް ކޮށްދެވުމަކީވެސް ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް ނާޔާ ވިދާޅުވި އެވެ.

"އަނެއްކާވެސް ދިރާގު އީދު ބޯކިބާ އާންމުންނާއި ހަމައަށް ގެނެސްދީ، ތިޔަ ހުރިހާފަރާތްތަކާ އެކު މި އުފާވެރި އީދު ދުވަސް ފާހަގަކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައުތަށް ސަޕޯޓް ފޯރުކޮށްދެވޭނެ އެކި އެކި ގޮތްތައް. އެގޮތުން ހާއްސަކޮށް ފިތުރު އީދު ފަދަ އުފާވެރިމުނާސަބަތެއްގައި މުޖުތަމައުގެ އެކި ފަރާތްތަކަށް ހެޔޮ ހިތުން ކަމެއް ކޮށްދެވުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ދިރާގުގެ މެނޭޖަރ ބްރޭންޑް އެންޑްއިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވި އެވެ.

ދިރާގު އީދު ބޯކިބާއަކީ މިއީ މި އަހަރުގެ ފިތުރު އީދުގެ ހަރަކާތްތައް ފަށައި، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއް ކަމުގައިވާ އީދު ނަމާދަށް ފަހު އީދު ބޯކިބާ ކެއުމުގެ އާދަ ފާހަގަކުރުމުގެ ގޮތުން ދިރާގުން އިންތިޒާމްކޮށްގެން ބާއްވާ ހަރާކާތެއްކަމަށް ދިރާގުން ބުނެއެވެ. 

އެެގޮތުން އީދު ނަމާދަށް ފަހު އީދު ބޯކިބާ ކެއުމުގެ އާދަ ފާހަގަކުރުމުގެ ގޮތުން ދިރާގުން އިންތިޒާމްކޮށްގެން މި ހަރަކާތް ބާއްވާއިރު، މިއީ މި ހަރަކާތް ދިރާގުން ބާއްވާ ތިންވަނަ އަހަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް