ads
ރާއްޖެއާ ލަންކާގެ މެޗެއްގެ ތެރެއިން
ރާއްޖެއާ ލަންކާގެ ފްރެންޑްލީ މެޗުތަކެއް ޖޫން މަހު
ރާއްޖެއާ އަވައްޓެރި ލަންކާއާ ދެމެދު ފްރެންޑްލީ މެޗުތަކެއް ޖޫން މަހު ކުޅެން މަސައްކަތް ކުރަމުންދާ ކަމަށް ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖޫން މަހު އިންޓަނޭޝަނަލް ބްރޭކްގައި ރާއްޖެއާ ލަންކާއާ އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ދެ މެޗުވެސް ކުޅެން ނިންމާފައިވަނީ ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި ކަމަށް ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެފްއޭއެމަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. ގައުމީ ޓީމުގެ އެއްވެސް ހަރަކާތެއްވެސް މިއިން ދުވަހަކުވެސް ނުވެސް ބާއްވައެވެ. 

ޖޫން މަހު ލަންކާގައި މެޗުތަކެއް ކުޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ މީޑިއާއިން ބުނެފައިވާއިރު، މިދިޔަ މަހުވެސް ލަންކާގައިވަނީ ފީފާގެ އެހީތެރިކަމާއެކު މެޗުތަކެއް ކުޅެފައެވެ. 

ރާއްޖެއާ ލަންކާ އެންމެ ފަހުން ކުޅުނު މެޗުން ރާއްޖެ މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް