ads
އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް ކަނޑުމަތީ ހަރަކާތްތެރިވަނީ___
ލޯންޗަކާއި ޑިންގީއެއް ޖެހި ދެ މީހަކަށް އަނިޔާވެއްޖެ
ހުޅުމާލެ ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެންސިޑެންޓެއްގައި ދެ މީހަކަށް މިރޭ އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ، މިރޭ 8:30 ވާން އުޅެނިކޮށް އެ އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭގެ ބޭރުން ބަނާނާ ރީފް ކައިރިން ކަމަށެވެ.

ލޯންޗާއި ޑިންގީ ޖެހުނު އިރު އަނިޔާވީ ޑިންގީގައި ތިބި ބިދޭސީއަކާއި ދިވެއްސަކަށެވެ. ލޯންޗުގައި 22 މީހުން ތިބި އިރު އެއިން މީހަކަށް އަނިޔާއެއް ނުވެ އެވެ. އަނިޔާ ލިބުނު ދެ މީހުންގެ ތެރޭގައި ވެސް ސީރިއަސް ހާލުގައިވާ މީހަކު ނެތެވެ.

އެކްސިޑެންޓްވި ލޯންޗު ދަތުރުކުރީ ހިންމަފުށީން ސެރެޓަން ރިސޯޓަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް