ads
ކޮމްޕެނީ މުބާރާތުގެ ތެރެއިން
ކޮމްޕެނީ މުބާރާތުގެ ޗެމްޕިއަންކަން ފްރެންޑްސްއަށް
ރަމަޟާން ކްރިކެޓް ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލްގެ މުބާރާތުގެ ޗެމްޕިއަންކަން ފްރެންޑްސް މޯލްޑިވްސްއިން ހޯދައިފިއެވެ.

ކޮމްޕެނީ ޓޭޕްބޯލްގެ މުބާރާތުގެ ޗެމްޕިއަންކަން ފްރެންޑްސް މޯލްޑިވްސްއިން ހޯދީ ފައިނަލް މެޗުގައި ލޮޓެމް ޝިޕިން (އަހިންޝަކާ) ބަލިކޮށްގެނެވެ. ފައިނަލް މެޗު ފްރެންޑްސް މޯލްޑިވްސްއިން ކާމިޔާބުކޮށްފައިވަނީ ތިން ލަނޑުންނެވެ.

މި މެޗުގެ ޓޮސް ދިމާވުމުން އަހިންޝަކާ ގަސްދުކުރީ ހޮވުމަށެވެ. ފްރެންޑްސް މޯލްޑިވްސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ވަނީ 105 ލަނޑު ހަދާފައެވެ. ޖަވާބުގައި އަހިންޝަކާ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 102 ލަނޑެވެ.

މި މެޗާއެކު މި އަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލުގެ ކުޅުން ނިމިގެންދިޔައިރު، މި އަހަރުވެސް ކާނިވަލުގައި ވަނީ ތިން މުބާރާތެއް ކުރިއަށްގެންގޮސްފައެވެ. އަދި މި ތިން މުބާރާތުގައި ޖުމްލަ 32 ޓީމެއް ވަނީ ވާދަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް