ads
ހުޅުމާލޭގައި ބޭއްވި ކެމްޕެއިން އިވެންޓްގައި ރައީސް ސާލިހް ވާހަކަ ދައްކަވަނީ
ޕީއެންއެފް ޖަލްސާއަށް ސަރުކާރުން ހުރަސް އެޅުމުން ކަންބޮޑުވޭ: ސާލިހް
ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބޭއްވި ޖަލްސާއަށް ސަރުކާރުން ހުރަސް އެޅުމަކީ ކަންބޮޑުވާކަމެއްކަމަށް ކުރީގެ ރައީސް ިއބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އިސްވެ ހުންނަވާ އުފެއްދި ޕީއެންއެފް އުފެއްދުމަށް ރޭ ގިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުނު ޖަލްސާއަށް ފުލުހުން ހުރަސްއަޅާ ޖަލްސާއަށް ދިޔަ މީހުން ވަނަ ނުދީ ވަނީ ހިފަހައްޓާފައެވެ.9:15 ގައި ބާއްވަން އުޅުނު ޖަލްސާ އެންމެ ފަހުން 12 ޖެހި ފަހުން ފެށީ ތަން ބަދަލުކޮށް ރާޅުގަނޑު ސަރަހައްދުގައެވެ. 

މިކަމާއި ގުޅިގެން ކުރީހެ ރައީސް އިބްރާހިމް ސާލިހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް އެ ޕާޓީގެ މެމްބަރުން ވަނުމަށް ސަރުކާރުން ހުރަސްއެޅުމުން އެކަމާއި ކަންބޮޑުވާކަމަށެވެ. އަދީ ސިޔާސީ ޕާޓީތައް އުފައްދައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި، ވެރިކަމުގައި ތިއްބެވި ބޭފުޅުންނާ ޚިޔާލު ތަފާތުވުމުގެ ޙައްޤު، ޤާނޫނު އަސާސީން އެންމެންނަށް ކަށަވަރުކޮށްދީފައި އެބައޮތްކަމަށްވެސް ރައީސް ސާލިހް ވިދާޅުވިއެވެ.

" އެއީ ވެރިކަމުގައި ތިއްބެވި ވަކި ބޭފުޅަކު އުފާވުމުން އަޅުގަނޑުމެންނަށް ލިބޭ އިނާޔަތްތަކެއް ނޫން." ސާލިހް ވިދާޅުވިއެވެ.
 ރޭ ޕީއެންފްގެ ޖަލްސާއަށް ވަންނަ ދިޔަ މީހުންނަށް ފުލުހުން ހުރަސްއެޅުމުން ވަނީ ހަމަނުޖެހުން ހިންގާފައެވެ. އަދި ފުލުހުން ވަނީ އެ ސަރަހައްދުގައި ތިބި މީހުންނާއި ދެކޮޅަށް ޕެޕާ ސްޕްރޭވެސް ބޭނުންކޮށްފައެވެ. 

ރޭ އެތަނުގައި ފުލުހުންގެ އެސްއޯ ހަރަކާތެރިވާން ޖެހުނު ސަބަބާއި ފުލުހުން ބާރު ބޭނުންކުރި މިންވަރު ބެލުމަށް ފުލުހުންގެ ކޮމިޝަނަރަށް އަންގާފައިވާކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް