ads
ޕީއެންއެފް އުފައްދަން ބާއްވަން އުޅުނު ޖަލްސާއަށް ގިޔާސުއްދީނަށް ވަނަ ނުދީ ފުލުހުން ސްކޫލް ބަންދުކޮށްގެން. ފޮޓޯ: އަދަދު
ޕީއެންއެފްގެ ޖަލްސާއަށް ފުލުހުން ހުރަސްއެޅީ އިރުޝާދާ ހިލާފަށް: ރައީސް
ރޭ ޣިޔާސުއްދީން ސުކޫލުގަައި ބާއްވަން އުޅުނު ޕީޕަލްސް ނޭޝަނަލް ފްރަންޓުގެ ޖަލްސާއަށް ހުރަސްއެޅުމަށް ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ފުލުހުން ގޮސްފައިވަނީ އެމަނިކުފާނު ފުލުހުންނަށް ދެއްވާފައިވާ އިރުޝާދާ ހިލާފަށް ކަމަށާއި، އެމަނިކުފާނުގެ އިރުޝާދާ ހިލާފަށް އަމަލުކުރި ފަރާތްތަކާމެދު ތަހުގީގުކޮށް ފިޔަވަޅުއަޅުއްވާނެ ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޭގެ ޖަލްސާ އޮންނާނެކަން ކުރިއާލާ އިއުލާން ކުރުމަށް ފަހު، ޣިޔާސުއްދީން ސްކޫލަށް ޕީއެންއެފްގެ މެންބަރުން ދިޔަ ވަގުތު ފުލުހުން ވަނީ އެ ސްކޫލުގެ ގޭޓް ބަންދުކޮށްފައެވެ. ފުލުހުން ބުނީ ގޭޓް ބަންދު ކުރަން ޖެހުނީ ޣިޔާސުއްދީން ސްކޫލުގެ ހުއްދަ ނެތި ޖަލްސާ ބާއްވަން އުޅުމުން ކަމަށެވެ. ނަމަވެސް ޕީއެންއެފްއިން ބުނީ ސްކޫލުން ހުއްދަ ދިން ކަމަށެވެ.

އެސްއޯ ފުލުހުން ގޮސް ސްކޫލު ގޭޓް ބަންދު ކުރުމުން ވެސް ޕީއެންއެފްގެ ގިނަ ސަޕޯޓަރުން ބޭނުންވީ ސްކޫލުގެ އެތެރެއަށް ވަނުމަށެވެ. ފުލުހުން އެ ފުރުސަތު ނުދިނުމުން އެސްއޯ ފުލުހުންނާއި އާއްމުންނާ ދެމެދު ހަމަނުޖެހުންތަކެއް ވެސް ހިނގި އެވެ.

your imageއީދު ސަލާމަށް ފަހު ރައީސް ބައެއް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ޕީއެންއެފް ޖަލްސާއަށް އެސްއޯ ފޮނުވުމުން ރައީސް ނުރުހުން ފާޅުކުރެއްވި-- ފޮޓޯ: ރައީސް އޮފީސް

ޕީއެންއެފް އުފެއްދުމަށް ބާއްވަން އުޅުނު ޖަލްސާއަށް ހުރަސް އެޅި ކަމަށް ބުނެ ދައްކާ ވާހަކަތައް ސަރުކާރުންވެސް ވަނީ ދޮގުކޮށްފައެވެ. އަދި ޣިޔާސުއްދީން ސްކޫލްގައި އެ ޖަލްސާ ބޭއްވެން ނެތުމުން، ޕީއެންއެފްގެ ޖަލްސާ ބާއްވާނެ ތަނެއް ވަގުތުން ހަމަޖައްސައި ދީފައިވާކަމަށް ސަރުކާރުން ރޭ ބުންޏެވެ.

"[އެސްއޯ ފުލުހުން] ފޮނުވަން ޖެހިއްޖިއްޔާ އަޅުގަނޑަށް އެނގޭނެ. މި ގައުމު އެ ހިސާބަށް ދިޔައީމާ އަޅުގަނޑު ދަންނަވާނަމޭ ފޮނުވަން ޖެހިއްޖިއްޔާ. ބައެއްގެ މުދަލަށް ގެއްލުންދީ، ތަނެއްގައި ރޯކޮށް، މީހުންނަށް ޖިސްމާނީ އަނިޔާކޮށް ނޫނިއްޔާ މުގައްދަސް ތަނަކަށް، މިސްކިތަކަށް ގެއްލުން ދިނުން. އެ ހިސާބަށް ނުވެސް ދާނެ އިރާދަކުރެއްވިއްޔާ،" ރަސްމީ ގެކޮޅު މުލީއާގޭގައި ހުންނަވައިގެން މިއަދު ނޫސްވެރިންގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިޔާސީ ޕާޓީތައް އުފެއްދުމާއި ސިޔާސީ ހިޔާލު ފާޅު ކުރުމަކީ ހައްގެއް ކަމަށާއި އެކަމަށް އެ މަނިކުފާނު ހުރަސް ނާޅުއްވާނެ ކަމަށެވެ. ޕީއެންއެފްއިން ފަހުން ޖަލްސާ ބާއްވައި ޕާޓީ އުފެއްދުމަށް ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރީތީ އުފާކޮށް މަރުހަބާ ދަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޖަލްސާގެ ބައިވެރިން ގިޔާސުއްދީންނަށް ވަނުމަށް ހުރަސް އެޅުމުން ޕީއެންއެފްގެ ސަޕޯޓަރުން ވަނީ އެ ސަރަހައްދުގައި މުޒާހަރާކޮށްފަ އެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕާ ސްޕްރޭ ވަނީ ބޭނުންކޮށްފަ އެވެ.  

ރޭ އެތަނުގައި ފުލުހުންގެ އެސްއޯ ހަރަކާތެރިވާން ޖެހުނު ސަބަބާއި ފުލުހުން ބާރު ބޭނުންކުރި މިންވަރު ބެލުމަށް ފުލުހުންގެ ކޮމިޝަނަރަށް އަންގާފައިވާކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ވަނީ ވިދާޅުވެފަ އެވެ.

ފުލުހުން އަމަލުކުރި ގޮތާއި ރޭ ހިނގާދިޔަ ކަންކަމާއި ގުޅިގެން ސަރުކާރާ ފުލުހަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް