ads
ދިރާގު އިދު ބޯކިބާ ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ދިރާގު
ދިރާގު އީދު ބޯކިބާ އަށް ބޮޑު ތަރުހީބެއް
ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގުން ކުރިއަށްގެންދިޔަ ދިރާގު އީދު ބޯކިބާ އަދި ދިރާގު އީދު ހަދިޔާއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ހެނދުނުގެ ނާސްތާއެއްގެ ގޮތުގައި ބޭއްވި ދިރާގު އީދު ބޯކިބާ ހަރަކާތް މިއަދު ކުރިއަށް ގެންގޮސްފައިވަނީ މާލޭ އާޓިފިޝަލް ބީޗް އަދި ހުޅުމާލެ ސިންތެޓިކް ޓްރެކް ގައެވެ. ގިނަ އަދަދެއްގެ މީހުން ވަނީ މާލެ އަދި ހުޅުމާލޭގައި މި އިވެންޓްގައި ބައިވެރިވެފަ އެވެ.

މީގެ އިތުރުން އެހެނިހެން އަހަރުތަކެކޭވެސް އެއްފަދައިން ދިރާގުން ވަނީ ކުޑަ ކުދިންނަށް އަމާޒުކޮށް ދިރާގު އީދު ހަދިޔާ ގިފްޓް ޕެކްވެސް އީދު ނަމާދަށްފަހު ބަހާފަ އެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ހަތް އަތޮޅެއްގައިވެސް ދިރާގުން ވަނީ މި ހަރަކާތް ކުރިއަށް ގެންގޮސްފަ އެވެ. އެއީ ހދ. ކުޅުދުއްފުށި، އައްޑޫ ސިޓީ، ފުވައްމުލައް، ތިނަދޫ، ލ. ގަން، ބ. އޭދަފުށި އަދި އދ. ދަނގެތި އެވެ.

މި ހަރަކާތާ ގުޅޭގޮތުން ދިރާގުގެ މެނޭޖާ ބްރޭންޑް އެންޑް އިވެންޓްސް ނާޔާ ޝަރީފް ވިދާޅުވީ، މި ހަރަކާތަށް އާންމުންގެ ފަރާތުން ލިބުނު ހޫނު ތަރުހީބަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ހެޔޮ ހިތުން މުޖުތަމައުގެ އެކަކު އަނެކަކަށް އަޅާލުމުގެ ސަގާފަތެއް އާލާކުރުމަކީ ދިރާގުން އަބަދުވެސް ހާއްސަ ސަމާލުކަމެއް ދޭ ކަމެއް" ނާޔާ ވިދާޅުވި އެވެ.

މި ހަރަކާތްތަކުގެ އިތުރުން ދިރާގަކީ މިއަދު މާލޭގައި ސާދާ ތިރީސް އަށެއް ގްރޫޕު އިންތިޒާމްކޮށްގެން ކުރިއަށްދާ ފިތުރު އީދު ހަރަކާތްތުގެ ޕަރޓްނަރެއްވެސް މެއެވެ. މި ހަރަކާތުގައި އީދުގެ ސަގާފީ ކުޅިވަރުތައް ކަމަށްވާ ފެން ކުޅުން، ބޮޑު މަސް އަދި މާލި ޕެރޭޑް ކުރިއަށްދާނެއެވެ. އަދި މީގެ އިތުރުން އީދު މިއުޒިކް ޝޯވއަކާއި ހަވާއެރުވުންވެސް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އިޖްތިމާއީ ހަރަކާތްތައް އާންމުންނާއި ހަމައަށް ގެނެސްދީ، އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދިކޮށްދިނުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް