ads
މިއަދު ކުރެވުނު އީދު ނަމާދަށްފަހު މާލެ މަގުމަތިން ބަޔަކު ހިނގާފައި ދަނީ
މާލެއަށް އިހުސާސް ކުރެވޭ ހޫނުމިން ހުރީ 48 ޑިގްރީގަ: މެޓް
މާލެ ސަރަހައްދަށް ހޫނުކަން އިހުސާސް ކުރެވޭ މިންވަރު 48 ޑިގްރީ ސެލްސިއަސް އަށް އަރައިފި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ލަފާކޮށްފި އެވެ.

މިއީ މިހާތަނަށް މާލެ ސަރަހައްދަށް އެންމެ ހޫނުވި ދުވަހެވެ. މެޓުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު އެންމެ ހޫނުގަދަ ކަމަށް ދައްކާފައިވަނީ މިމަހު 3 ވަނަ ދުވަހުގައެވެ. އެދުވަހު މާލޭގެ އިހްސާސްކުރެވޭ ހޫނުމިން ހުރީ 46 ޑިގްރީ ސެލްސިއަސް ވަނީ އަރާފައެވެ. އެހެންނަމަވެސް މިއަދަދު މައްޗަށް ގޮސް މިއަދު މިވަނީ ރިކޯޑް މިންވަރަށް ހޫނުގަދަވެފަ އެވެ.

"ދުވަހުގެ ހޫނު މިން އާންމު ގޮތެއްގައި އެންމެ މައްޗަށް އަރާނީ މެންދުރު ކުރި 11:00 އިން ފެށިގެން މެންދުރުފަހު 15:00 ދެމެދު." އެ އޮފީހުން ބުންޏެވެ.

ކުރިޔަށް އޮތް ތަނުގައި ވެސް ހޫނު މިން 45 ޑިގްރި ސެލްސިއަސް އަށް ވުރެ މައްޗަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

އެހެންވެ ގަދަ ހޫނުން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން އިލްތިމާސް ކުރި އެވެ.

މި އަހަރަކީ "އެލްނީނޯ" އަހަރެއް ކަމަށް ވުމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ލަފާކުރާކަމަށް މެޓްއިން ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް