
އެމްއެންޑީއެފްއިން ބުނިގޮތުގައި ރޯވެފައި ވަނީ މ. ރަބީއުވިލާ ގޭގެ ހަތަރު ވަނަ ފަންގި ފިލާގައެވެ. އެ ސަރަހައްދުގައި މިހާރު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 20:19 ހާއިރުކަމަށެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން މިހާރު ކޮންޓްރޯލުކުރެވިފައިވަކަމަށެވެ.
އެމްއެންއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް އަދި ލިބިފައި ނުވާކަމަށެވެ.
ރަބީއީވިލާގައި ރޯވި އަލިފާންގަނޑު ނިންވާލާފައި.ފޮޓޯ އެމްއެންޑީއެފް
ރޯވެ އަނދަމުން ދާ އިމާރާތަކީ ބާވެ ގިނަ ދުވަސްތަކެއް ވެފައިވާ ގެއެވެ. އަދި މިގޭ ތެރޭގައި މީހުން ވަދެ ގާނޫނާއި ހިލާފު ކަންކަން ކުރާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
މ.ރަބީއުވިލާގައި ރޯވެފައިވާ އަލިފާންގަނޑު މުޅި ގެއަށް ފެތުރިފައި
ނޭޝަނަލް ޑިޒާސްޓަރ މެނޭޖެމަންޓުން ބުނީ މ.ރަބީޢުވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމުން އެ އޮތޯރިޓީގެ ޓީމެއް ދަނީ އެސަރަހައްދުގައި ހަރަކާތްތެެރިވަމުންކަމަށެވެ.