
ރައްޔިތުން މަޖލީހުގެ ފުވައްމުލަކު މެދު ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން މުހައްމަދުދީދީގެ ކެމްޕެއިން ޖަލްސާއެއްގައި ފުވައްމުލަކުގައި ވާހަކަ ދައްކަވަމުން ސާލިހް ވިދާޅުވީ ރޭގެ ހަދިސާއާ ގުޅިގެން ރައީސް ދެއްކެވި ވާހަކައަކީ ޑިމޮކްރަސީއާ މެދު ކަންބޮޑުވާން ޖެހޭކަމެއްކަމަށެވެ.
އެމަނިކުފާނަކީވެސް ވެރިކަން ކުރައްވާފައި ހުރި ބޭފުޅަކަށްވުމުން ފުލުހުންނާއި ސިފައިން ކަންކަމަށް އަމަލުކުރާ ގޮތް އެނޑިވަަޑައިގަންނަވަކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ. އެގޮތުން ފުލުހުންނެއްވެސް ސިފައިންނެއްވެސް އެމީހުންނަށް އަންނަ އޯޑަރަކަށް ނޫނީ އަމަލު ނުކުރާނެކަމަުގެ ޔަގީންކަން އެބައޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސާޅިހް ވިދާޅުވީ ރޭ ޕީއެންއެފްގެ ޖަލްސާ ބާއްވަން އުޅުމުން ހިނގާދިޔަ ކަންކަން މަޖިލީހުގެ 241 ކޮމެޓިން ބަލަންޖެހޭކަމަށެވެ. އަދި އެކަން އެގޮތަށް މަޖިލީހުން ކުރާނެކަމުގެ ޔަގީންކަން އޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރޭ ޕީއެންއެފް އުފެއްދުމަށް ބާއްވަން ގިޔާސުއްދީނަށް ދިޔަ އެޕާޓީގެ މެމްބަރުން އެ ސްކޫލަށް ވަނަނުދިނުމުން ހަމަނުޖެހުން ހިންގާ ފުލުހުން ވަނީ ޕެޕޭރ ސްޕްރޭ ބޭނުންކޮށްފައެވެ. މިކަން މިހެން ހިނގާފައިވަނިކޮށް ރައީސް މުއިއްޒިވަނީ އެކަން ރޭ ހިންގިކަން އެނގިވަޑައި ނުގަންނަވާކަމަށާއި އެކަން އިވުމުން ރޭ ނިދިވެސް ނުކުރެއްވުނަކަމަށެވެ. އަދި އެކަން ބަލާ ފިޔަވަޅު އަޅާފައި ނޫނީ ނިދި ނުކުރެއްވޭނެކަމަށްވެސް ރައީސް މުއިއްޒި ވިދާޅުވިއެވެ.
ރޭ ކަން ހިނގި ގޮތް ބަލާ ރިޕޯޓެެއް އެކުލަވާލާ ފޮނުވަން ރައީސް މުއިއްޒު ވިދާޅުވުމުން ހޯމް މިނިސްޓްރީން ވަނީ އެ ރިޕޯޓް މިރޭ ރައީސަށް ފޮނުވާފައެވެ. ރައީސް އޮފީހުން ވިދާޅުވީ އެ ރިޕޯޓް ރައީސް ދިރާސާކުރައްވަމުން ގެންދަވާކަމަށާއި އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެކަމަށެވެ.