ads
ރައީސް މުއިއްޒާއި އެމަނިކުފާނުގެ އެޑްވައިޒަރ އަބްދުއްރަހީމް. ފޮޓޯ: ރައީސް އޮފީސް
ރައީސް ހައްދުންމައްޗަށް ވަޑައިގަންނަވަނީ
ރައީސް ޑރ މުހައްމަދު މުއިއްޒު ހައްދުންމައްޗަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަަޑައިގަންނަވާނެއެވެ.

މި ދަތުރާއި ގުޅޭ ތަފްސީލެއް ރައީސް އޮފީހުން އަފި ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ކައްދޫއަށް ނުކުތުމަށް ޕީއެންސީ ލ. އަތޮޅު ޓީމުންތަކުން ގްރޫޕްތަކުގައި އެ ޕާޓީގެ ސަޕޯޓަރުންނަށް ދަނީ އަންގަމުންނެވެ. 

ރައީސް ކައްދޫއަށް ވަޑައިގަތުމަށް ހަމެޖެހިފައިވަނީ  މިއަދު ހެނދުނު 08:15 ގައެވެ. އަދި މިރޭ ފޮނަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިރޭ 20:30 ގައި އޮންނަ މި ބައްދަލުވުން އޮންނާނީ ލ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ. 

ރައީސް ލ އަތޮޅަށް ވަޑައި މި ގަންނަވަނީ މަޖިލީހުގެ ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ އެމަނިކުފާނުގެ އިސް އެޑްވައިޒަރ އަބްދުއްރަހީމް އަބްދުﷲގެ ކެމްޕެއިނަށް ކަމަށް ބެލެވެ. ރައީސް މުއިއްޒު ވިދާޅުވީ ސިޔާސި މަސައްކަތުގައި އެމަނިކުފާނު އެންމެ އިތުބާރުކުރައްވާ އަދި އެންމެ ފަހުރުވެރިވާ ބޭފުޅަކީ އަބްދުއްރަހީމް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް