ads
ރައީސް މުއިއްޒު ލ އަތޮަޅަށް ފުރާވަޑައިގަތުމަށް އެއާޕޯޓްގައި
ސަރުކާރުގެ މަތީފަންތީގެ ވަފުދަކާއެކު ރައީސް ލ. އަތޮޅަށް
ސަރުކާރުގެ މަތީފަންތީގެ ވަފުދަކާއެކު ރައީސް ޑރ މުހައްމަދު މުއިއްޒު ލ. އަތޮޅަށް ވަަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ހައްދުންމަތީގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވާނެކަމަށެވެ. އަދި އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށްވެސް ރަައީސް އޮފީހުން ބުނެއެވެ. 

މި ދަތުރުގައި ރައީސް އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. މި ދަތުރުގައި މިރޭ ފޮނަދޫ ރައްޔިތުންނާއި ބައްދަލުކުރުމަށް ވަނީ ހަމަޖައްސާފައެވެ. އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާއަށް ވާދަކުރައްވަނީ ސިޔާސީ ކަންކަމުގައި ރައީސް މުއިއްޒު އެންމެ އިތުބާރުކުރައްވާ އަދި އެންމެ ފަހުރުވެރިވެޑައިގަންނަވާ އެމަނިކުފާނުގެ އެެންމެ އިސް މުޝީރު އަބްދުއްރަހީމް އަބްދުﷲ އެވެ. 

ހައްދުންމަތީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅަށްފަހު، އޭޕްރީލް 12ވަނަ ދުވަހު ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައިވާކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް