ads
ޑޯޓްމަންޑް އަތުން އެތްލެޓިކޯ މޮޅުވި މެޗުގެ ތެރެއިން
ޑޯޓްމަންޑް އަތުން އެތްލެޓިކޯ މޮޅުވެއްޖެ
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލު ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑުން ބޮރޫޝިއާ ޑޯޓްމަންޑް އަތުން މޮޅުވެއްޖެ އެވެ.

އެތުލެޓިކޯ މެޑްރިޑުން ބޮރޫޝިއާ ޑޯޓްމަންޑް އަތުން މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. މެޗު ކުޅުނީ އެތްލެޓިކޯގެ ދަނޑުގައެވެ. މި މެޗުގެ ފުރަތަމަ 32 މިނިޓް ތެރޭ ދެ އެތްލެޓިކޯއިން ގޯލު ޖެހި އެވެ. 

މެޗުގެ ހަތަރު ވަނަ މިނިޓްގައި ރޮޑްރީގޯ ޑެ ޕޯލް، އެތުލެޓިކޯ އަށް ލީޑުނަގައިދިންއިރު، ދެ ވަނަ ލަނޑު ޖެހީ، ސެމުއެލް ލީނޯ އެވެ.

ދެ ވަނަ ހާފުގައި ޑޯޓްމަންޑްގެ ލަނޑު ޖެހީ ފޯވާޑް، ސަބެސްޓިއަން އަލެއާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް