ads
ޕީއެންސީން މިއަދު ބޭއްވި ޖަލްސާގައި ހީނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޕީއެންސީ
މި ސަރުކާރުން ސިޔާސީ ވެރިންނަށް ބިރެއް ނުދައްކާނެ: ހީނާ
މި ސަރުކާރުން ސިޔާސީ ވެރިންނަށް ބިރެއް ނުދައްކާނެކަމަށާއި އިދިކޮޅު ހަރަކާތްކަށް ހުރަސްއަޅަން ފުލުހުންނަށް ނާންގާނެކަމަށް ޕީޕިއެމް ޕީއެންސީ މަޖިލިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
Advertisement

މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ހީނާ ކޮންމެ ދުވަހަކު ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު މުޅިންހެންވެސް އޭނާ މަސައްކަތް ކުރެއްވީ މިދިޔަ އަންގާރަ ދުވަހުގެރޭ ޕީއެންއެފް އުފައްދަން ބޭއްވި ޖަލްސާއަށް ފުލުހުން ހުރަސްއެޅުމުން އާމާޒުވި ފާޑިކިޔުންތަކަށް ރައްދުދިނުމަށެވެ. 

ހިނާ ވިދާޅުވީ ސިޔާސީ ހަރަކާތަތްތަކަށް ހުރަސްއަޅާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް އެންމެ ބޮޑަށް އަރައިގަތީ މިދިޔަ ސަރުކާރުންކަމަށެވެ. ދެނެ މުޅިހެންވެސް ދެއްކެވީ ރައީސް ޔާމީންގެ ދިފާއުގައި ކުރެއްވި މުޒާހަރާތަކުގެ ވާހަކައެވެ. 

މީގެއިތުރުން މިިދިޔަ ސަރުކާރުގެ ދުވަސްވަރު ސީދާ އަންހެނުންނަށް ޓާގެޓްކޮށްގެން ފުލުހުން އަނިޔާކުރިކަމަށް ބުނެ ފުލުހުންގެ އިދާރާއަށްވެސް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ހީނާ ވިދާޅުވީ އޭރު ފުލުހުންނަށް ހުށައެޅި އެއްވެސް މައްސަލައެއް ބެލުމަށް ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބުނުކަމަށެވެ. 

" އަނިޔާކުރި މައްސަލަތަކާއި ޕެޕާ ސްޕްރޭ ޖަހަމުންދާ މައްސަލަތަކާއި ގާނުނާއި ގަވާއިދާ ޚިލާފަށް އެއްވެސް ކަހަލަ އިންޒާރެއް ފުލުހުން ދިނުމެއް ނެތި މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރަމުންދާ މައްސަލަތަކާއި މި ހުރިހާ މައްސަލަތަކެއް އަޅުގަނޑުމެން ކެނޑިނޭޅި ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަމުން ދިޔައިން. އެހެން ނަމަވެސް އަޅުގަނޑުމެނަށް މި މައްސަލަތަކުގައި ހަގީގަތުގައި އެއްވެސް ކަހަލަ އިންސާފެއް ނުލިބުނު." ހީނާ ވިދާޅުވިއެވެ.

އެހެންނަމަވެސް މި ސަރުކާރު ސިޔާސީ ވެރިންނަށް ބިރު ނުދައްކާނެކަމަށާއި ސިޔާސީ މީހުން ހައްޔަރު ނުކުރާނެކަމަށްވެސް ހިނާ ވިދާޅުވިއެވެ. އަދި ސިޔާސީ ހަރަކާތްތައް ހުއްޓުވަން ފުލުހުން ނުފޮނުވާނެކަމަށާއި އެއީ ރައީސް މުއިއްޒުގެ ސިޔާސަތެއް ނޫންކަމަށްވެސް ހީނާ ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހުގެރޭ ރައީސް ޔާމީން އިސްވެ ހުންނަވާ އުފެއްދި ޕީއެންއެފްގެ ޖަލްސާއަށް ފުލުހުން ވަނީ ހުރަސްއަޅާފައެވެ. އަދި މިކަމުގައި ހިނގި ހަމަނުޖެހުމުގައި ފުލުހުން ވަނީ ޕެޕާ ސްޕްރޭވެސް ބޭނުންކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް