މި ޕްލެޓްފޯމް މެދުވެރިކޮށް، ފިލްމުތަކާއި، ޓީވީ ސިލްސިލާތަކާއި، އެވޯޑްތައް ފަދަ ވުމުގެ ކަންކަމަށް މީހުންނަށް ބެޓުކުރުމާއި ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ކްރިޕްޓޯ އާއި ހޮލީވުޑްގެ ފޭނުން އެއް މަކަށް ގެނެސްދޭނެ ކަމެއް ކަމަށް ދެ ކުންފުނިން ބުނެއެވެ.
މި ޕްލެޓްފޯމްގެ މައިގަނޑު މަގުސަދަކީ މުނިފޫހިފިލުވުކުގެ ދާއިރާ "ގޭމިފައި" ކުރުމެވެ. މާނައަކީ، ފިލްމުތަކާއި ޓީވީ ޝޯތައް ބެލުމުގެ ތަޖުރިބާ އިތުރަށް މުނިފޫހިފިލުވުމަށް، ބެލުންތެރިންނަށް އެފަދަ ކޮންޓެންޓުބަލައި ބެޓުކުރުމުގެ ފުރުސަތު ދިނުމެވެ. މިސާލަކަށް، ވަކި ފިލްމެއްގެ ބޮކްސް އޮފީސް ނަތީޖާ، ނުވަތަ އެވޯޑެއް ލިބޭނެ ފަރާތެއް ލަފާކޮށްގެން ފައިސާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.