ads
ފެނަކަ އިހަވަންދޫ ބްރާންޗަށް އިހައްދުވަހު ނެގި ބައެއް މުވައްޒަފުން
ފެނަކަ, މުވައްޒަފުން ނެގުމާއި އިމާރާތް ކުއްޔަށް ހޯދުމުގައި
ދަރަނި ބޮޑުވެ ހިނގާ ނުގެނިވެފައިވާ ފެނަަކަ ކޯޕަރޭޝަނަށް އެކި ވަޒީފާތަކަށް މިދިޔަ ދެތިން މަހު ނެގި މުވައްޒަފުންގެ އަދަދު 200 އިން މައްޗަށް އަރައިފި އެވެ.
Advertisement

ފެނަކައިން މުވައްޒަފުންގެ މުސާރައަށް ކުރާ ހަރަދު ޕޭރޯލް ކުޑަނުކޮށް ކުންފުނި ދެމި ނޯންނާނެކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދުވަނީ މީގެކުރިން ބުނެފައެވެ. އަދި އެ ސަބަބުތަކަށްޓަކައި އެކުންފުނީގައި ކޮންޓްރެކްޓަށް މަސައްކަތް ކުރަމުން ދިޔަ 1000 ވުރެ ގިނަ މުވައްޒަފުން ވަނީ ދޫކޮށްލާފަ އެވެ.

މި ވަޒީފާތަކުން މީހުން ވަކިކުރުމުން ހަދަމުންދިޔަ ފެނަކައިގެ ބައެއް އޮފީސްތަކުގެ މަސައްކަތްވެސް ވަނީ ހުއްޓިފައެވެ. ސަބަބެއްކަމަށް ބުނީ ފެނަކއިން ބުނީ މާކެޓް އަގަށްވުރެ ކޮށްފައިވާ ހަރަދު ބޮޑުވުމުންނެވެ. 

އެހެންނަމަވެސް މިދިޔަ 3 މަސްދުވަހުގެ ތެރޭގައި އެކި ނަންމުގައި ކުންފުންޏަށް މީހުންދަނީ ނަގަމުންނެވެ. އެެންމެ ގިނައިން މީހުން ނަގާފައިވަނީ ބްރާންޗްތަކުގައި ސްޓޭޝަން މެނޭޖަރުންގެ ގޮތުގައެވެ.

މުވައްޒަފުން އެންމެ ގިނައިން ނަގާ ބައެއް މަގާމުތައް 

  • ސްޓޭޝަން މޭނޭޖަރު 
  • ޑެޕިއުޓީ މެނޭޖަރުން 
  • އެސިސްޓްންޓް މެނޭޖަރުން
  • ސްޕަވައިޒަރުން 

މީގެ އިތުރުންވެސް ޓެކްނީޝަނުން ސީނިއަރ އޮފިސަރުންނާއި އެޑްމިނިސްޓްރޭޓިވް އޮފިސަރުންނާއި އެކައުންޓްސް އޮފިސަރުންނާއިއ ލޭބަރުންނާއި ދްރައިވަރޫންނާއި އިންޖިނޭރުންގެ ނަމުގައިވެސް މުވައްޒަފުން ދަނީ ނަގަމުންނެވެ. 

ފެނަކައިން އާާަޢްމުކޮށް ފެންނަ ހުރުި މައުލޫމާތުތަކުން ބަލާއިރު އެންމެ ގިނައި މުވައްޒަފުން ނަގާފައި ހުރީ ސްޓޭޝަން މެނޭޖަރާއި ޓެކްނީޝަނުން އަދި ސްޕަވައިޒަރުންގެ ނަމުގައިއެވެ. އަދި ކުންފުނީގެ މައި އޮފީހަށްވެސް މީހުން އަންނަނީ ނަގަމުންނެވެ. ކުންފުނީގެ ޕީއާރަކަށް މުސާރައިގެ ގޮތުގައި ގާތްގަޑަކަށް 30 ހާހަށް އަރައެވެ. 

ފެންނަން ހުރި ބައެއް އަދަދުތައް 

  • ސްޓޭޝަން މެނޭޖަރ 50 
  • ޓެކްނީޝަން 40 
  • ސްޕަވައިޒަރުން 15

މީގެއިތުރުން ފެނަކައިން އަންނަނީ އެ ކުންފުނީގެ ބްރާންޗްތަކުގައި އޮފީސް ހިންގަންވެސް ރަށްރަށުން ތަންޔަން ކުއްޔަށް ހިފަމުންނެވެ. މިގޮތުން މިހާރުވެސް 13 ރަށަކުން ކުއްޔަށް ހިފާެ އިމާރާތެއް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. 

your imageފެނަކަ ދިއްދޫ ބްރާބްޗާއި ގުޅުނު ބައެއް މުވައްޒަފުންނަށް މަރުހަބާ ކިޔަނީ 

ދަރަނި 4 ބިލިއަނަށްް އަރާ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ދެ ބޭފުޅަކު ވަނީ އައްޔަންކޮށްފައެވެ. އެ ކުންފުނީގެ ޑީއެމްޑީންގެ ގޮތުގައި އައްޔަންކޮށްފައިވަނީ އިބްރާހިމް ނާއިފާއި ހުސެއިން ޒަރީރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް