ads
ލިވަޕޫލްގެ ކޯޗު ކްލޮޕް
އަމިއްލަ ދަނޑުގައި ލިވަޕޫލަށް ލަދުވެތި ބައްޔެއް
ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އެޓަލަންޓާ އިން ލިވަޕޫލް ފަސޭހަކަމާއެކު ބަލިކޮށްފިއެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި އެޓްލާންޓާ އަތުން ލިވަޕޫލް ބަލިވީ ތިން ލަނޑު ސުން ލަނޑުންނެވެ. މި މެޗުގައި ކުރިން ވެސްޓް ހޭމް އަށް ކުޅުނު އިޓަލީގެ ފޯވާޑް، ޖިއަންލޫކާ ސްކަމާކާވަނީ ދެ ލަނޑު ޖަހާފައެވެ. އަނެއް ލަނޑު ޖެހީ، މެޗުގެ 83 ވަނަ މިނިޓްގައި، މާރިއޯ ޕަސާލިޗް އެވެ.

ލިވަޕޫލަށް މުބާރާތުގައި ކުރިއަށްދެވޭނީ އަންނަ ހަފްތާގައި ރަށުން ބޭރުގައި ތިން ލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް