ads
ޕީއެންސީގެ ޕޯޑިއަމްގައި ވާހަކަ ދެއްކެވި އަހުމަދު އަބްދުއްރަހުމާން (ހަންޓާ އަހުމަދު)
މުވައްޒަފުންނަށް ބިރު ދެއްކި މައްސަލަ ހުށަހަޅަން އިލެކްޝަނުން އެދިއްޖެ
ހިންނަވަރުގައި ބޭއްވި ޕީޕީއެމް ޕީއެންސީ ޖަލްސާއެއްގައި ފެލިވަރުގެ މުވައްޒަފުންނަށް ބިރުދައްކާ ފަދަ ގޮތަކަށް މީހަކު ދެއްކެވި ވާހަކަ ނޭޝަނަލް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދް ތައުފީގު އެދިއްޖެ އެވެ.
Advertisement

މަޖިލިސް ކެމްޕެއިންއާ ގުޅިގެން ހިންނަވަރުގައި ޕީޕީއެމް ޕީއެންސީން ބޭއްވި ޖަލްސާއެއްގެ ޕޯޑިއަމްގައި އަހުމަދު އަބަދުއްރަހްމާން (ހަންޓާ އަހުމަދު) ވިދާޅުވީ ފެލިވަރުގައި މަސައްކަތްކުރާ ބޭބޭފުޅުނަނަށާއި އިދިކޮޅު ފަރާތްތަކުގެ ބޭބޭފުޅުންކަމުގައި ވިޔަސް އެ ބޭފުޅުންނަށް ސަރުކާރުގެ ފަރާތްތަކުން ގުޅުއްވައިގެންނަމަވެސް ޕީއެންސިއަށް އެއްބާރުލުން ދޭންޖެހޭނެކަމަށެވެ. 

އަދި ފެލިވަރުގެ މުވައްޒަފުން  ޕާޓީއާ ގުޅިވަޑައި ނުގަނެފިނަމަ ފިޔަވަޅު އަޅަން ޖެހޭނެކަަމަށާއި އެގޮތަށް ކަންކޮށްގެން ނޫނީ އިންތިހާބު ކާމިޔާބު ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމަށް ހަންޓާ އަހުމަދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ގުޅިވަޑައިނުފެންފިނަމަ އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތަކެއް އެބަ ޖެހޭ އަޅަން އިނގޭތޯ. މިކަންކޮށްގެން ނޫނީ ކާމިޔާބު ކުރުމަށް އަޅުގަނޑުމެންނަށް ދަތިތަކެއް އެކުލެވިގެން ހިނގައިދާނެ،" ޕޯޑިއަމްގައި ހުރެ ވާހަކަ ދައްކަމުން އެ މީހާ ބުންޏެވެ.

ހަންޓާ އިތުރަށް ވިދާޅުވީ އޭނާ މިނިސްޓަރުގެ އަރިހުންވެސް އެދެނީ ރައީސްއައް ދަންނަވާގެންވެސް ފެލިވަރުގައި މަސައްކަތް ކުރާ މީހުން ކޮންޓްރޯލް ކުރުމުގެ ބާރެއް ހިންނަވަރުގެ ކެންޑިޑޭތަށް ދީގެން ، ވަޒީފާގެ ފުރުސަތު ލިބޭނެކަހަކަލަ ގޮތަކަށް މަގު ފަހިކޮށްދިނުންކަމަށެވެ.

މި ވާހަކަ ދެއްކި ވީޑިއޯކޮޅު ރޭ ވަނީ ސޯޝަލް މީޑިއާގައި ދައުރު ކުރަން ފަށައިފައެވެ. މިއީ ވޯޓަށް ނުފޫޒު ފޯރުވުން ކަމަށް ބުނެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކޮށް އީސީ ޓެގްކޮށް ދިޔައީ ޝުއޫރުތައް ފާޅު ކުރަމުންނެވެ. މިކަމާ ގުޅިގެން އާންމުންނާއި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންވަނީ ހަންޓާ އަހުމަދަށާއި ސަރުކާރަށްވެސް އަމާޒުވެފަ އެވެ. 

އެއާއެކު އީސީގެ ރައީސް ފުއާދު ތައުފީގު އެކްސްގައި ވިދާޅުވީ އެ ވީޑިއޯގައި ދައްކާ ވާހަކަ ރަނގަޅު ނޫން ކަމަށެވެ. އެހެންކަމުން އެކަމުގައި ފިޔަވަޅު އެޅުމަށްޓަކައި ނެޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް މައްސަލަ ހުށަހެޅުމަށް ފުއާދު އެދިވަޑައިގަތެވެ.

ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް މަޖުބޫރުކޮށް ވަޒީފާގެ ބިރު ދައްކާ ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް އަންނަނީ ބުނަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން އަންނަނީ މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް ނުދިނުމަށް ގޮވާލަމުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ތުހުމަތުތައް ސަރުކާރުން ދޮގު ކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް