ads
މުޅި ރާއްޖެއަށް މޫސުން ގޯސް، އުތުރަށް ރީނދޫ ސަމާލު
މުޅި ރާއްޖެއަށް މޫސުން ގޯސް، އުތުރަށް ރީނދޫ ސަމާލު
މުޅި ރާއްޖެއަށް މިއަދު މޫސުން ގޯސްވެ ވިއްސާރަކުރާނެކަމަށް މޫސޫމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މެޓުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ބ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ. މި ސަރަހައްދަށް ސަމާލު ނެރެފައިވަނީ 13:30 އިން ހަވީރު 17:30 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ ސަމާލު ނެރެފައިވާ ވަގުތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

މެޓް އޮފީހުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައަކީ 2 މޫސުން ބެދޭއިރު ކުރާ ވިއްސާރަކަމަށެވެ. އެހެންކަމުން ކަނޑުދަތުރުފަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް