ads
ބެޑްމިންޓަން އޭޝިއާގައި ދިވެހި ކުޅުންތެރިން
ބެޑްމިންޓަން އޭޝިއާގައި ދިވެހި ކުޅުންތެރިން
ބޭންކް އޮފް ނިންބޯ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގެ ކޮލިފައިން ބުރުން ދިވެހި ކުޅުންތެރިން ކަޓައިފިއެވެ.

މި މުބާރާތް ކުރިއަށްދަނީ ޗައިނާގައެވެ. މި މުބާރާތުގައި ކުޅުނު ދިވެހި ކުޅުންތެރިންނަކީ މުހައްމަދު އަޖުފާން، ނިބާލް އަހުމަދު، ޒަޔާން ޒަކީ، އައިމިނަތު ނަބީހާ، އަދި ފާތިމަތު ނަބާހާ އެވެ.

ދިވެހި ކުޅުންތެރުންގެ ތެރެއިން މޮޅުވީ، މިކްސް ޑަބަލްސްގައި، ޒަޔާން އާއި ނަބާހާގެ ޕެއާ އަދި އަންހެން ސިންގަލްސްގައި ނަބާހާ އެވެ. ސައުދީ އަރަބިއްޔާގެ މަހްދު ޝައިހު އާއި ހަދީޖާ ކައުސަރުގެ ޕެއާ އަތުން ޒަޔާން އާއި ނަބާހާގެ ޕެއާ މޮޅުވީ ދެ ސެޓު އެއް ސެޓުންނެވެ. އަނެއް މެޗުން، އިންޑިއާގެ ސަތީޝް ކުމާރު އާއި އާދިޔާ ވާރިޔާތުގެ ޕެއާ އަތުން ނަބާހާ އާއި ޒަޔާންގެ ޕެއާ ބަލިވީއެވެ.

އަންހެން ސިންގަލްސްގައި، ނަބާހާވަނީ ބަންގްލަދޭޝްގެ ނާސިމާ ހަތުން އަތުން މޮޅުވެފަ އެވެ. ބަލިވީ މަކާއުގެ ޕުއި ޗީ ވާ އަތުންނެވެ. 

ފިރިހެން ސިންގަލްސްގައި ކޮލިފައިން ގްރޫޕް ބީގައި ޒަޔާން ވަނީ މަކާއުގެ ޕަންގް ފޮންގް އާއި ޓިމޯ ލެސްޓޭގެ ރޭމަންޑް ސިންގް އަތުން ބަލިވެފަ އެވެ. 

ފިރިހެން ޑަބަލްސް ބައިން، ޔޫއޭއީގެ ދޭވް އައްޔަޕަން އާއި ދިރޭން އައްޔަޕަންގެ ޕެއާ އަދި ސްރީ ލަންކާގެ ބުވެނޭކަ ގޫނެތިލަކަ އާއި ވިރޭން ނެތަސިންހޭގެ ޕެއާއާ އަތުން ނިބާލް އާއި އަޖުފާންގެ ޕެއާ ވަނީ ބަލިވެފަ އެވެ.

އަންހެން ޑަބަލްސްގައި ނަބާހާ އާއި ނަބީހާގެ ޕެއާ އިން ކުޅުނީ، މެލޭޝިއާގެ ފެލީޝިއާ ސިން އާއި ފޮންގް ފްލޯރާގެ ޕެއާ އަދި އިންޑިއާގެ ސިމްރަން ސިންގީ އާއި ރިތިކާ ތާކަރުގެ ޕެއާއާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް