ads
ހީނާ ވަލީދު
ފައްޔާޒު ވާހަކަ ދައްކާ ޓޯން ކަމަކު ނުދޭ، ކަންބޮޑުވޭ: ހީނާ
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކާ ޓޯން ކަމަކު ނުދާކަމަށާއި އެކަމާއި ކަންބޮޑުވާކަމަށް ސަރުކާރު ހިންގާ ޕީއެންސީ ބުނެފިއެވެ.
Advertisement

މަޖިލިސް އިންތިހާބާއި ދިމާކޮށް ޕީއެންސީން ކޮންމެ ދުވަހަކު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބުގެ ތަރުޖަމާނު ހިނާ ވަލީދު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވާ ޓޯން އެއްގޮތަކަށްވެސް ޕީއެންސީއަށް ކަމަކު ނުދާކަމަށެވެ. އަދި އެއީ ސިޔާސީ ޕާޓީއެއްގެ އިސް ލީޑަރަކު ވާހަކަ ދައްކަވަން ޖެހޭ ފަދަ ޓޯނެއް ނޫންކަމަށްވެސް ހީނާ ވިދާޅުވިއެވެ. 

" އަޅުގަނޑުމެންނަށް ދެން އެކަހަލަ ޓޯން ނުވަތަ އެކަހަލަ މޭރުމަކުން ވާހަކަފުޅު ދައްކަވާތަން މި ފެންނަނީ ގިނަ ފަހަރަށް ދުނިޔޭގެ ބޮޑެތި ގައުމަތަކުގެ ހައްދުފަހަނަ އަޅާފައިވާ ޖަމިއްޔާތަކުން ބައެއް ފަހަރު ފެނޭ އެގޮތަށް ވާހަކަ ދައްކާތަން. މީ އެއްވެސް އަމާޒެއް ސިޔާސަތެއް ނެތި ބިރުދެއްކުމާއި މިކަހަލަ ގޮތްތަކެއް، މީ ހަމަ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް." ހީނާ ވަލީދު ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހީނާ ވަނީ ރައީސް ޔާމީންގެ މައްސަލަ ލަސްވާތީ އެކަން ޖޭއެސްސީއަށް ހުށައެޅުމުން އެވެސް ޖޯކެެއްގެ ގޮތުގައި ސިފަކުރައްވާ ވާހަކަދައްކަވާފައެވެ. ހީނާ ވިދާޅުވީ އެމްޑީޕީގެ މެޖޯރަޓީ އޮތް ޖޭއެސްސީއަށް އެ މައްސަލަ ބަލަން އަސްލަމް ވަޑައިގަތުމަކީ ބޮޑު ޖޯކެއް ކަމަށެވެ. 

"މިހާރު ރައީސް ޔާމީން މިނިވަން ކުރެއްވުމަށްޓަކައި އެބޭފުޅުން ޖޭއެސްސީއަށް މައްސަލަ ބަލަން ހުށަހަޅާ ވާހަކަ. ދެން މިވެސް ހަގީގަތުގައި ވަރަށް ބޮޑު ޖޯކަކަށް އަޅުގަނޑުމެންނަށް މިވަނީ އިނގޭތޯ،" މަލާމާތުގެ ރާގަކަަށް ހެމުން ހީނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ހުކުމް އިއްވަން ޖެހޭ ޝަރީއަތުގެ މަޖިލިސް ނުބާއްވާތީ އެ ޝަރީއަތް ލަސްވާ ސަބަބު ބެލުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިއްޔެވަނީ ޖުޑީޝަލް ސާރވިސް ކޮމިޝަން ޖޭއެސްސިއަށް ހުށައަޅާފައެވެ. އަސްލަމްގެ ހުށައެޅުމުގައި ބުނެފައިވަނީ "ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ނިމި ހަތަރު މަސް ވީއިރު ވެސް، ހުކުމް ނީއްވި ލަސްވަމުން ދާތީ، މިހެން މިދިމާވަނީ، ފަނޑިޔާރުންގެ މައްޗަށް އެއްވެސް ކަހަލަ ނުފޫޒެއް އޮވެގެން، ނޫނީ ސުލޫކީ މިންގަނޑު ނުހިފެހެއްޓިގެންތޯ ޖޭއެސްސީ އިން ބައްލަވައި ދެއްވުމަށް ހުށަހަޅާކަމަށެވެ.  

މި މައްސަލަ ހުށައަޅުއްވާނެކަމަށް އަސްލަމް ވިދާޅުވުމުން ޕީޕީއެމް ޕީއެންސީގެ ލީޑަރުން ގެންދަވަނީ އަސްލަމަށް ރައްދުދެއްވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް