ads
ތިމަރަފުށީގައި އޮތް ކެމްޕެއިން ޖަލްސާގައި ކުރީގެ ރައީސް ސާލިހް ވާހަކަ ދައްކަވަނީ
ރައީސް މުއިއްޒު އަމިއްލަ ޕާޓީގެ ހަމަތައްވެސް ނުހިފަހައްޓަވާ: ސާލިހް
ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އަމިއްލަ ޕާޓީގެ އެތެރޭގެ އުސޫލްތަކާއި ހަމަތައްވެސް ހިފަހައްޓަވާ ބޭފުޅެއް ނޫންކަމަށް ވިދާޅުވެ ކުރީގެ ރައީސް ސާލިހް ފާޑު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ކެމްޕެއިނަށް ތ. ތިމަރަފުށީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް ސާލިހް ވިދާޅުވީ އަމިއްލަ ޕާޓީގެ އުސޫލަތަކާއި ހަމަތައް ނުހިފަހައްޓަވާ ބޭފުޅަކު އަމަލު ކުރައްވާނެ ގާނޫނެއް ނޯންނާނެކަމަށެވެ. އަދި އަމިއްލަ ޕާޓީގެ މެމްބަރުން ނިންމި ނިންމުންވެސް ރައީސް މުއިއްޒަށް ގަބޫލު ނުކުރައްވާކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ. 

" މިރަށުން އެއޮތީ އެކަން ސާބިތުވާން. ޕާޓީގެ އެތެރޭގައި ޕްރައިމެރީއެއް ބާވައިފި. ޕްރައިމެރީން ކެންޑިޑޭޓަކު ހޮވިއްޖެ. ގަބޫލެއް ނުކުރި. ނޫން ނޫނެކޭ. ތިމަންނާ ބުނާ ގޮތަށޭ ކެންޑިޑޭޓުން ކަންކުރަން ޖެހޭނީ. ތިމަންނަ ބުނާ މީހެކޭ ކެންޑިޑޭޓަކަށް ވާންޖެހޭނީ. ރައްޔިތުން މަޖިލީހަށް އަންނަން ޖެހޭނީ. މި ފަދަ ބޭފުޅަކު ކޮން ގާނޫނަކަށްތޯ އަމަލުކުރައްވާނީ. ކޮން ގާނޫނެއްގެ ހަމަތޯ ހިފަހައްޓަވަނީ. ރައީސް މުއިއްޒަށް ފާޑުވިދާޅުވެ ރައީސް ސާލިހް ވިދާޅުވި އެވެ.

ރައީސް ސާލިހް ވިދާޅުވީ މިއަދު ވެރިކަމުގައި ތިއްބެވި ފަރާތްތައް ވެރިކަމަށް އައީ ދޮގު ހަދާ އޮޅުވާލަައިގެންކަމަށާއި އެންމެ މިހާރު އެކަން ގަބޫލުުކުރާ ކަމަށެވެ. އަދި މިއަދުވެސް ސަރުކާރުން ދަނީ އެ ދޮގުތައް ހަދަމުންކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ރައިސް ސާލިހް ވީދާޅުވީ މި ސަބަބުތަކަށްޓަކައި ސަރުކާރު ޖަވާބުދާރީކުރުވަން އެކަމަށް ރަނގަޅު ގާބިލު މީހުން މަޖިލީހަށް ހޮވަންޖެހޭކަމަށެވެ. އަދި ސަރުކާރުން ހަދަމުންދާ ދޮގުތަކަށް މަޖިލީހުން ފިޔަވަޅު އަޅަންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް