ads
ކުޅުދުއްފުށި ސިޓީ - ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ކުޅުދުއްފުޓަށް ކަރަންޓް ދެވޭނީ މިރޭ: ފެނަކަ
މުޅި ކުޅުދުށްފުށީގެ ކަރަންޓް މަައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓް ދެވޭނީ މިރޭކަމަށް ފެނަކައިން ބުނެފި އެވެ.

ކުޅުދުއްފުށިން ކަރަންޓް ކެނޑޭތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު މިއަދު ވަނީ މުޅި ރަށުން ކަރަންޓް އަނެއްކާވެސް ކެނޑިފައެވެ. ހެނދުނު 9:15 އިން ފެށިގެން މުޅި ރަށުގައި ކަރަންޓެއް ނެތެވެ. 

ފެނަކައިން ބުނީ ހެނދުނު ފެށިގެން މުޅި ކުޅުދުއްފުށިން ކަރަންޓް ކެނޑުނީ ޖަނަރޭޓަރުގެ މޮޑިއުލް އަނދައިގެންކަމަށެވެ. އަދި ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެކުންފުނިން ބުނެއެވެ. 

"މި މައްސަލަ ހައްލުކޮށް މުޅި ރަަށަށް ކަރަންޓް ދެވޭނެކަމަށް ލަފާކުރެވޭނީ މިއަދު 18:00 ގައި. ވީމާ މި ދަނޑިވަޅުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެން." ފެނަކައިން ބުނެ އެވެ.

ކުޅުދުއްފުށީގައި ހުރި ޖަނެރޭޓަރު ސެޓަކަށް މައްސަލަ ދިމާވެ ކޮންމެ ދުވަހަކު އެރަށުން ދަނީ އެ ކި ހިސާބުތަކުން ގަޑިއިރަކަށް ކަރަންޓް ކަނޑަމުންނެވެ، މި ރޯދަ މަސް އެއްކޮށް އެރަށުގެ ރައްޔިތުންނަށް ކަރަންޓް ލިބެމުން ދިޔައީ މިގޮތަށެވެ.

ރޯދަމަސް ނިންމެން އެއްދުވަހަށް ވެފައި ވަނިކޮށް ފެނެކައިން ނެރުނު ބަޔާނެއްގައި ބުނީ ކުޅުދުއްފުށި  ރައްޔިތުންނަށް މެދުކެނޑުމެއްނެތި ކަރަންޓްގެ ހިދުމަތް ލިބުމުގައި މި ރަމަޟާން މަހު ދިމާވި ގިނަގުނަ ގޮންޖެހުންތަކަށް އެކުންފުނިން ނިހާޔަތަށް މައާފަށް އެދޭކަމަށެވެ. އަދި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތް މެދުނުކެނޑި ކުރަމުން އަންނަކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.

ރޯދަމަހު އެއްކޮށް ކުޅުދުއްފުށިން ކޮންމެ ދުވަހަކު ކަރަންޓް ކަނޑަން ޖެހުމުގެ އެކަމުގެ ޒިންމާނެގުމުގެ ގޮތުން ބިލުން 50 ޕަސެންޓް ޑިސްކައުންޓް ދިނުމަށް ފެނަކައިން އިން އޮތީ ނިންމާފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް