ads
ރައްޔިތުންގެ މަޖިލިސް އިދާރާ
އެންޓިޑިފެކްޝަން ބިލް، ޕީއެންސީން ހެދީ ދޮގެއް: މަޖިލިސް
މެމްބަރުން ގަނެ ވިއްކުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލް ތަސްދީގުުކުރުމަށް މަޖިލީހުން ރައީސް އޮފީހަށް ފޮނުވިކަމަށް ވެރިކަން ކުރާ ޕީއެންސީ ބުނި ތާރިހު މަޖިލީހުން ދޮގުކޮށްފި އެވެ.

މި ބިލް ތަސްދީގު ނުކުރާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. މި ފާޑުކިޔުންތަކަށް ރައްދުދެމުން ޕީއެންސީން ބުނެފައިވަނީ އެ ބިލް މަޖިލީހުން ރައީސް އޮފީހަށް ފޮނުވީ މިމަހުގެ 7 ވަނަދުވަހުކަމަށެވެ. އަދި ރައީސް ގެންދަވަނީ އެ ބިލަށް ގާނޫނީ ލަފާ ހޯއްދަވަމުންކަމަށް ޕީއެންސީގެ މަޖލިސް ތަރުޖަމާނު ހިނާ ވަލީދު އިއްޔެ ވަނީ ވިދާޅުވަފަ އެވެ. 

އެހެންނަމަވެސް ރައްޔިތުން މަޖިލީހުން ބުނީ އެންޓި ޑިޕެކްޝަން ބިލް އެ އިދާރާއިން ޖެމްސް ސިސްޓަމް މެދުވެރިކޮށް ރައީސް އޮފީހަށް ފޮނުވީ މިމަހުގެ 1 ވަނަދުވަހުކަމަށެވެ. އަދީ ގާނޫނުގައި ބުނާ 14 ދުވަހުގެ މުއްދަތު މާދަމާއަށް ހަމަވާނެކަމަށްވެސް މަޖިލީހުން ބުނެ އެވެ. 

ބިލެއް ރައްޔިތުން މަޖިލީހުން ފާސްކޮށް، ތަސްދީގުކުރުމަށް ރައީސް އޮފީހަށް ފޮނުއްވުމުން 14 ދުވަހުގެ ތެރޭގައި އެ ބިލެއް ތަސްދީގު ކުރުމާ މެދު ރައީސް ގޮތެއް ނިންމަވަން ޖެހެއެވެ. އަދި ތަސްދީގު ނުކުރައްވާ ނަމަ، އެ މުއްދަތުގެ ތެރޭ ދެ ވަނަ ފަހަރަށް ވިސްނުމަށް އެ ބިލު މަޖިލީހަށް އަނބުރާ ފޮނުއްވަން ޖެެހެ އެވެ.  

ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތަކަށް މެމްބަރުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނުގެ ބިލް މަޖިލީހުން ފާސްކުރީ މިމަހުގެ 1 ވަނަދުވަހު އެވެ. 

މި ބިލްގައިވާ ގޮތުން އެމީހަކު އިންތިހާބު ގޮނޑިއަކުން 3 ހާލަތެއްގައި އިސްތިއުފާ ދޭންޖެހެއެވެ. އެއީ އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވުމާއި އެހެން ޕާޓީއަކަށް ބަދަލުވުމާއި އެހެން ޕާޓީއެއްގައި ދަފްތަރުވުން ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއަކާއި ގުޅުމެވެ. މި އިން އެއްވެސް ހާލަތެއް މެދުވެރިވެއްޖެނަމަ 7 ދުވަހުގެތެރޭގައި އިސްތިއުފާން ދޭންޖެހޭނެކަމަށް ބިލުގައިވެ އެވެ. އެހެންނަމަވެސް އިސްތިއުފާ ނުދީފިނަމަ ދެން ހެދޭނެ ގޮތެއް ބިލޕުގައި ހިމަނާފައެއް ނުވެ އެވެ. 

މަޖިލީހުން ފާސްކުރިން އެންޓި ޑިފެކްޝަން ބިލަށް އުސޫލެއްގެ ގޮތުން ތާއީދުކުރައްވާކަން ރައީސް ޑރ މުއިއްޒުވެސް ވަނީ ހާމަކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް