ads
ޅ. ހިންނަވަރުގައި އެމްޑީޕީއިން ބޭއްވި ކެމްޕޭން ޖަލްސާގައި ސޯލިހު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ:އެމްޑީޕީ
ކުރިމަތީ އޮތީ ނާމާންކަމާއި ބިރުވެރިކަން؛ ވެރިކަން ބަދަލުކުރަން ޖެހޭ: ސޯލިހު
ވީހާވެސް އަވަހަށް ކުރަންވީ ކަމަކީ ވެރިކަމުގައި ތިއްބެވ ބޭފުޅުން މިކަމުން ދުރުކުރުން ކަމަށާއި އެހެން ނޫންނަމަ އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ވަރަށް ނާމާން ބިރުވެރިކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މި ފަދައިން ވިދާޅުވީ މިރޭ ހިންނަވަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ސޯލިހު ވިދާޅުވީ އަސާސީ ހިދުމަތެއްގެ ވާހަކަ ދައްކަވާ، ތިމަންނަމެންނަށް ވޯޓު ދޭ މީހުންގެ ގޭގެއަށް އެކަންޏޭ ކަރަންޓު ދޭންވާނީ ބުނުމުން ދެން މި ސަރުކާރު ބޭބޭފުޅުންގެ ވިސްނުން ސާފުވާ ކަމަށެވެ. 

މިފަދަ ބަޔަކު ވެރިކަމުގައި ބައިތިއްބަން ހެޔޮނުވާނެ ކަމަށާއި ރައްޔިތުންނަށް އެކަހަލަ އުނދަގުލާއި ދުއްތުރާ ކުރުމުގެ ވިސްނުން ހުރި ބަޔަކު ވެރިކަމުގައި ތިބެގެން އޮތީ ވަރަށް ނާމާން ބިރުވެރިކަން ކަމަށެވެ.

"ވީހާވެސް އަވަހަށް ކުރަންވީ ކަމަކީ [އަޅުގަނޑު ބޭނުންވާ ވާހަކައެއް ނޫން މިއީ] މި ބޭފުޅުން މިކަމުން ދުރުކުރުން. އެހެން ނޫންނަމަ އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ވަރަށް ނާމާން ބިރުވެރިކަމެއް." އިއްޔެ ދިއްދޫގައި ބޭއްވި ޕީއެންސީގެ ޖަލްސާއެއްގައި ޕާޓީގެ މެމްބަރުންގެ ގޭބިސީތަކަށް އެކަނި ކަރަންޓު ދޭން ގޮވާލި ވާހަކައަށް ރައްދު ދެއްވާފަ ސޯލިހު ވިދާޅުވި އެވެ.

ސޯލިހު އިތުރަށް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެނަމަ އެންމެ ފުރަތަމަ ވެސް އެ ޕާޓީން ކުރާނެ އެއް ކަމަކީ މުވައްޒަފުންގެ ވަޒީފާގެ ރައްކާތެރިކަން ގާނޫނީ ގޮތުން ކަށަވަރުކުރުން ކަމަށެވެ. އަދި ވިދާޅުވީ، އެމްޑީޕީން މަސައްކަތް ކުރަނީ ރައްޔިތުންގެ ފައިދާއަށް ކަމަށާއި، އެމްޑީޕީން މަސައްކަތް ކުރަނީ ރައްޔިތުން ބޭނުންވާ ވެރިކަމެއް އަދި މަޖިލީހެއް އޮތުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ލިބިއްޖެނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް އެމްޑީޕީގެ އެޑްވައިޒަރު މަގާމު ވެސް ފުރުއްވާ އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވަނީ ދެއްވާފަ އެވެ. 

ތ. ތިމަރަފުށީގައި ރޭ ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ސޯލިހް ވިދާޅުވީ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ސާފުކޮށް ބަޔާންކުރައްވާފައިވާކަމަށެވެ. އޭގެ ތެރޭގައި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ބަޖެޓު ފާސްކުރުން އަދި ގާނޫނު ހެދުން ހިމެނޭކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ. އަދި ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރަންވެސް ޖެހޭ ކަމަށާއި މިހާރު އެ ހާލަތު އަތުވެއްޖެކަމަށް ރައީސް ސޯލިހް ރޭ ވިދާޅުވި އެވެ.

ރައީސް އަޒުލުކުރުމުގެ ވާހަކަތައް މިއަހަރުގެ ކުރީކޮޅުވެސް ސަރުކާރާ އިދިކޮޅު މެންބަރުން ވަނީ ދައްކާފަ އެވެ. އަދި މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ތިން މެންބަރަކަށް ރުހުން ނުދިނުމަށްވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް