އައިޕީއެލްގެ ރެކޯޑް ސަން ރައިސަރސް ހައިދަރުއާބާދުން މިއީ މި މުބާރާތުގައި މުގުރާލި ދެވަނަ ފަހަރެވެ. މި ފަހަރު ރެކޯޑް ހެދީ ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގައި 287 ލަނޑު ހަދައިގެންނެވެ.
މި މުބާރާތުގައި ކުރިން ހައިދަރުއާބާދުން މި ރެކޯޑް ހެދީ މުމްބާއީއާ ދެކޮޅަށް ކުޅުނު މެޗުގައި 277 ލަނޑުންނެވެ.
މިއަދު ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުން ހައިދަރުއާބާދު މޮޅުވީ 25 ލަނޑުންނެވެ. މެޗުގެ ޓޮސް ދިމާވެގެން ބެންގަލޫރުން ގަސްދުކުރީ އުކާށެވެ. ހައިދަރުއާބާދުން ކުޅެން ނުކުމެ 287 ލަނޑު ހެދިއިރު، ޖަވާބުގައި ބެންގަލޫރަށް ހެދުނީ 262 ލަނޑެވެ.