އެވަޓަން އަތުން ޗެލްސީ މޮޅުވީ ހަ ލަނޑު ސުން ލަނޑުގެ ބޮޑު ތަފާތަކުންނެވެ. މި މެޗުގައި ކޯލް ޕާމާ ހަތަރު ލަނޑު ޖެހިއިރު، މިއީ މި ސީޒަނުގައި ޗެލްސީން އެންމެ ފަރަގު ބޮޑުކޮށް ލީގުގައި މޮޅުވި މެޗެވެ.
މި މެޗު ފަށައިގެން 29 މިނިޓް ތެރޭ ޕާމާ ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މި މެޗުގައި ޖެހި ހަތަރު ގޯލާ އެކު، ޕާމާ ވަނީ ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް ސިޓީގެ އާލިން ބްރައުޓް ހާލަންޑާ އެއްވަރުކޮށްފަ އެވެ. މި މޮޅާ އެކު ޗެލްސީ އޮތީ 31 މެޗުން 47 ޕޮއިންޓާ އެކު ލީގުގެ ނުވަ ވަނައިގަ އެވެ. އެވަޓަން އޮތީ 32 މެޗުން 27 ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގަ އެވެ.