ads
ސަލާހް
ލިވަޕޫލުން ސަލާހު ވިއްކާލަން ބޭނުންވަނީތަ؟
ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވާޑް، މުހައްމަދު ސަލާހް ހޯދުމަށް ސައުދީ އަރަބިއްޔާއިން އަނެއްކާވެސް މަސައްކަތް ކުރަމުން އަންނައިރު، ލިވަޕޫލުންވެސް ސަލާހް ވިއްކާލަން ބޭނުންވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެފިއެވެ.

މިސްރުގެ ތަރި އެންފީލްޑުގައި ހަދާފައިވާ ކޮންޓްރެކްޓްގެ ފަހު 12 މަސް ދުވަހާ ގާތްވެފައިވާއިރު، ސައުދީ ޕްރޯ ލީގުގައި ކްލަބުތަކުގެ ލޯ އޭނާއަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އުމުރުން 31 އަހަރުގެ ސަލާހްއަށް މިދިޔަ ހޫނު މޫސުމުގައި 150 މިލިއަން ޕައުންޑްގެ އޮފާއެއް ސައުދީން ހުށަހެޅިއެވެ.  

ސަލާހުއަށް މިހާރުވެސް ތިން އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅަން ސައުދީން ތައްޔާރަށް އޮތްއިރު، މި ދަނޑިވަޅުގައި އޭނާ ވިއްކާލަން ލިވަޕޫލުންވެސް ބޭނުންވާ ކަމެއް ހުޅަނގުގެ ބައެއް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް މިކަމުގެ ތަފްސީލެއް އަދި އާއްމު ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް