ads
ދީޕިކާ ޕަޑުކޯން
މަންމަ އަކަށް ވާން އުޅޭ ދީޕިކާ އާ ހުނަރެއް ދައްކާލައިފި
މަންމަ އަކަށް ވާން އުޅޭ ދީޕިކާ އާ ހުނަރެއް ދައްކާލައިފި އެވެ.
Advertisement

މަޝްހޫރު ފިލްމީ ތަރި ދީޕީކާ ޕަޑުކޯންއާއި އާއި ރަންވީރް ސިންގ ވަނީ މިއަހަރުގެ ސެޕްޓެމްބާ ހިސާބުގައި އެ ދަމަފިރިންގެ ފުރަތަމަ ދަރިފުޅު އުފަންވާނެކަމަށް މިފަހުން އިއުލާންކޮށްފައިވެ އެވެ.

ރަންވީރް އާއީ ދީޕިކާގެ ދަރިފުޅު އުފަންވާނެކަމުގެ އުފާވެރި ހަބަރުގެ އިތުރުން ދީޕީކާ ވަނީ އޭނާގެ ސަޕޯޓަރުންނަށް އެހެން ހައިރާންކުރުވާ ފަދަ އިތުރު ހަބަރެއް ދީފައެވެ. ދަރިފުޅަށް އިންތިޒާރުކުރަމުން ދާއިރު ދީޕިކާ ވަނީ މުޅިން އާ ހުނަރެއް ދަސްކޮށް އެކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ސަޕޯޓަރުންނަށް ހިއްސާކޮށްފަ އެވެ. 

ދީޕިކާ ވަނީ އެމްބްރޮއިޑަރީ ނުވަތަ އަތުފެހުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި އެކަމަށް މިހާރު ޝައުގު ހުންނަ ކަމަށް އޭނާގެ ރަސްމީ އިންސްޓަގްރަމް ޕޯސްޓެއް މެދުވެރިކޮށް ހިއްސާކޮށްފަ އެވެ.

މި ޕޯސްޓާއި ގުޅިގެން ދީޕިކާގެ ސަޕޯޓަރުން ވަނީ ދީޕިކާ މިހާރު ކެމެރާ ކުރިމަތިން ނުފެންނަތާ ގިނަ ދުވަސްވުމުން އޭނާ މިހާރު ހުންނަގޮތް ދެކޭ ހިތްވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށްފަ އެވެ.

ކާމިޔާބު ފިލްމް ޕަތާން އިން ފެނިގެން ދިޔަ ދިޕީކާއާއި ރަންވީރް ސިންގް އަށް ބޮލީވުޑްގެ ގިނަ ބަޔަކު ދަނީ ދަރިއަކު ލިބޭ އުފާވެރި ހަބަރު ލިބުމުން މަރުހަބާ ކިޔާފަ އެވެ. 

38 އަހަރުގެ ދީޕިކާ ރަންވީރްއާ ކައިވެނި ކުރީ 15 ނޮވެމްބަރ 2018 ގައެވެ. ދީޕިކާ ބަނޑުބޮޑުކަމަށް އިއުލާންކޮށްފައިވަނީ މީގެ 3 ހަފްތާ އެއްހާ ކުރިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް